ads
ފުލުހުންގެ ފްލެޓް އިމާރާތް
ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްދީފި
ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ ކުލި ދެއްކުން އެއް އަހަރަށް ފަސްކޮށްފި އެވެ.

މިދިޔަ މަހުގެ 17ގައި ވެރިކަމުގެ ހުވާ ކުރެއްވި ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ހަތަރު ހަފުތާ ފުރުމާ ގުޅިގެން، މި މުއްދަތަށް ސަރުކާރުން ފުރިހަމަ ކުރަން ނިންމާފައިވާ ކަންތައްތައް ކުރިއަށްގެންދެވިފައިވާ މިންވަރު މިއަދު ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވަނީ ހާމަކުރައްވާފަ އެވެ.

ސަރުކާރުން މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އެ ދެ މަޝްރޫއަށް ދޫކޮށްފައިވާ ޓްރެޝަރީ ލޯން އަނބުރާ ދެއްކުން އެއް އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަސްކޮށް، ރީސްޓްރަކްޗާ ކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭ ގައި ފްލެޓްތަކެއް އިމާރާތް ކުރަން ފެށީ 2013 ވަނަ އަހަރު، ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. ފްލެޓްތަކުގެ މަސައްކަތް ނުނިމި އެތައް އަހަރެއް ވުމަށް ފަހު މީގެ ދެ މަހެއްހާ ދުވަސް ކުރީން ސިފައިންގެ ފްލެޓްތަކުގައި ސިފައިންގެ އާއިލާތަކުން ވަނީ ދިރިއުޅެން ފަށާފައެވެ. ނަމަވެސް މުޅި ޕްރޮޖެކްޓް އަދި މުޅީން ނުނިމެ އެވެ.

ބްލޫ ހައުސިން ސްކީމްގެ ނަމުގައި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި 300 ފްލެޓް އިމާރާތް ކުރަން ފެށީ 2014 ގަ އެވެ. ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށް ބުނި އެ ފްލެޓްތައް ނުނިމި ދިހަ އަހަރު ވުމަކީ ފުލުހުންގެ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.

ފުލުހުންގެ ފްލެޓްތަކަށް ވަދެވޭނެ ދުވަހެއް އަދި ޔަގީނެއް ނޫނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް