ads
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު ނޫސްވެެރީންނަށް މައުލޫމާތު ދެއްވަނީ
ހިލޭ ބޯން މެރޯ ޓްރާންސްޕްލާންޓް ހަދާ ފުރަތަމަ ޕޭޝަންޓް ފުރައިފި
ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ފުރަތަމަ ކުއްޖާ މިއަދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެކަން ހާމަކުރެއްވީ މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިހާރު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލެވެ.

އޭނާ ވިދާޅުވީ، ބޯން މެރޯ ހެދުމަށް އެއް ކުއްޖަކު މިއަދު ފުރާފައިވާ ކަމަށެވެ.

"މި މަސައްކަތުގެ ތެރެއިން މި ވައުދު ފުރިހަމަކުރަން ކުރަން ކަނޑައެޅި ކަންތައްތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުން މިއަދު ބޯން މެރޯ ޓްރާންސްޕްލާންޓަށް އެއް ކުއްޖަކު ފުރާފައިވޭ،" ފިރުޒުލް ވިދާޅުވި އެވެ. 

"އަދި ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި އިތުރު ކުއްޖަކު ވެސް މި ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ފުރައިގެންދާނެ."

އެ އިންތިޒާމްގެ ދަށުން، މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް ލިބޭނެ ކަމަށް ފިރުޒުލް މިއަދު ވިދާޅުވި އެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު ފިރުޒުލް ވިދާޅުވެފައި ވަނީ، ތެލަސީމިއާ ފަރުވާއަށް ވަށައިޖެހޭ ހިދުމަތް ލިބޭ ހޮސްޕިޓަލެއް ހަދައި، ރަށްރަށުން އަންނަ މީހުންނަށް ވެސް އެތަނުގައި ތިބުމުގެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. 

އަދި، މެދު ރާސްތާގައި އާސަންދައިން ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ޓެސްޓްތައް ހެދުމުގެ ފުރުސަތުތައް މަގުފަހިކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. މިހާރު ވެސް ދައުލަތުގެ ބަޖެޓުގެ ތެރެއިން ބޭހާއި ކޮންސިއުމަބްލްސް ލިބެ އެވެ. އެކަމަކު އެތަކެތި ހޯދަން ޖެހެނީ މޯލްޑިވްސް ބްލަޑް ސާވިސް މެދުވެރިކޮށް ކަމަށްވާތީ، މި ތަކެތި ހޯދުމުގައި ލަސްތަކެއް އުޅެ އެވެ.

ކުރިއަށް އޮތް ތަނުގައި އެ ސާމާނު އެސްޓީއޯ އިން އާސަންދަ މެދުވެރިކޮށް ލިބޭ އެއްޗެހީގެ ގޮތުގައި ހަމަޖައްސައި ކޮންމެ ބޭސްފިހާރަޔަކުން ވެސް ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ކެބިނެޓުން އޮތީ ނިންމާފަ އެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޒަކާތު ފަންޑުން އެހީ ދީގެން ވަރަށް ގިނަ ކުދިން ބޯންމެރޯ ހަދަން ފޮނުވައި އޭގެ ތެރެއިން ބައެއް ކުދިންގެ ފަރުވާ ވަނީ ކާމިޔާބުވެފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް