ads
އާސަންދަ
މިއަަދުން ފެށިގެން ދަރިމައިވުމުގެ ފަރުވާ އާސަންދައިން ލިބޭނެ
މިއަަދުން ފެށިގެން ދަރިމައިވުމުގެ ފަރުވާ ހުސްނުވާ އާސަންދަ މެދުވެރިކޮށް ލިބޭޭނެކަން އިއުލާނު ކުރައްވައިފި އެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ، މިއަދުން ފެށިގެން ދަރިމައިވުމުގެ ގުޅޭ ފަރުވާ ހިދުމަތްތައް އާސަންދައިގެ ތެރެއިން ކަވަރު ކުރަމުން ދާނެ ކަމަށެވެ.

އަންހެނުންނަށް ދިމާވާ "އެންޑޮމެޓްރިއޯސިސް" އަދި "ޕީ.ސީ.އޯ.އެސް" ފަރުވާ އާސަންދައިން ދިނުމަށް ނިންމި ނިންމުމަކީ، ދަރިމައިވުމުގެ ފަރުވާއާއި އައިވީއެފް އާސަންދައިން ލިބޭނެގޮތް ފަހިކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމުގެ އެއްބައިކަން ފިރުޒުލް ފާހަގަކުރެއްވި އެވެ.

އަންހެނުންނަށް ދިމާވާ ސިއްހީ މައްސަލަތަކަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ މުހިންމުކަން ކެބިނެޓުން ފާހަގަކުރައްވާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ. އެގޮތުން ސިއްހީ ހިދުމަތްތެރިންނާއި އާންމުންގެ ތެރޭގައި މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް ފިރުޒުލް މީގެކުރިންވަނީ ވިދާޅުވެފަ އެވެ.

ދަރިމައިވުމުގެ ފަރުވާ އާއި ދިވެހި ކޮންމެ ރައްޔިތަކަށް އަހަރަކު ދެ ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ ގޮތް އާސަންދައިގެ ތެރެއިން މަގުފަހިކޮށްދިނުމަކީ ރައީސްގެ ފުރަތަމަ 100 ދުވަސް ނުވަތަ ހަފްތާ14 އިގެ ވައުދުފުޅުގައި ހިމެނިވަޑައިގަންނަވާ ކަމެކެވެ.

އެގޮތުން، މި ދެ ހިދުމަތަށް ފަހިވާނެހެން ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ 18 ވަނަ މާއްދާއަށް އިސްލާހު ގެނެސް މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.

އެ މާއްދާގެ (ރ) އަށް ގެނެވުނު އިސްލާހުގައި މިހާރު ބަޔާންކޮށްފައި ވަނީ، ދަރިން ނުލިބޭ މީހުން ދަރިން ހޯދުމަށް ކުރާ ފަރުވާ، އިންފާޓަލިޓީގެ ފަރުވާ އެކަމަށް ކަނޑައެޅޭ ހާއްސަ އުސޫލެއްގެ ދަށުން ލިބިގެންދާނެ ކަމަށެވެ. އެކަމަށްޓަކައި އެ އުސޫލު ޝާއިއު ކުރަން ވާނެ ކަމަށެވެ.

އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައި ވަނީ، އާސަންދަ ސްކީމުގެ ދަށުން ނުލިބޭ ހިދުމަތްތައް ފިޔަވައި ދެން ހުރި ހިދުމަތްތައް، އެކަމާ ގުޅިގެން ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް