ads
މެސީ ވޯލްޑްކަޕްގައި
މެސީގެ ވޯލްޑްކަޕް ޖޯޒީތައް ނީލަން ކިޔައިފި
ވޯލްޑް ކަޕްގައި މެސީ ބޭނުންކުރި ހަ ޖޯޒީއެއް ނީލަން ކިޔައިފި އެވެ.

އެމެރިކާގެ ނިއުޔޯކުގައި މެސީގެ ހަ ޖޯޒީ ނީލަން ކިޔައިގެން 7.8 މިލިއަން ޑޮލަރު ލިބުނެވެ. 

މި ނީލަމުގައި ވިއްކާލި ހަ ޖާޒީއަކީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެ މެޗުގައި އޭނާ ބޭނުންކުރި ދެ ޖާޒީ އާއި ގަދަ 16، ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލުގެ ފުރަތަމަ ހާފުގައި މެސީ ބޭނުންކުރި ޖާޒީތަކެވެ.

މެސީގެ ޖާޒީތައް ވިއްކައިގެން ލިބުނު ފައިސާއިން ބައެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ މެސީގެ ފައުންޑޭޝަނާއި ގުޅުން އޮންނަ ބާސެލޯނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށެވެ.

މިހާތަނަށް ދުނިޔޭގެ ތާރީހުގައި ވިއްކާލި އެންމެ އަގުބޮޑު ފުޓްބޯޅަ ޖާޒީއަކީ ޑިއޭގޯ މަރަޑޯނާގެ ޖާޒީއެކެވެ. 1986 ވަނަ އަހަރު ވޯލްޑްކަޕްގައި މަރަޑޯނާ "އަތުން" ގޯލު ޖެހި މެޗުގައި އޭނާ ލައިގެން ހުރި ޖާޒީ މިދިޔަ އަހަރު ވިއްކާލީ 7.1 މިލިއަން ޕައުންޑަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް