ads
މެސީ، އެމްބާޕޭ އަދި ހާލަންޑް
މޮޅު ކުޅުންތެރިޔާއަށް މެސީ، އެމްބާޕޭ އަދި ހާލަންޑް
އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވޯޑަށް، މެސީ، އެމްބާޕޭ އަދި ހާލަންޑް ނޮމިނޭޓް ވެއްޖެއެވެ.

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް އިންޓަ މަޔާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި، މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ އިތުބާރު ފޯވާޑް އާލިން ހާލަންޑުގެ އިތުރުން ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ހޮވާފައިވަނީ 12 ކުޅުންތެރިންގެ ލިސްޓެއްގެ ތެރެއިންނެވެ.

އެންމެ ފަހުން މި އެވޯޑް ހޯދާފައިވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި މިހާރު އުމުރުން 36 އަހަރުގެ މެސީއެވެ. މެސީ ވަނީ ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދޭ ބަލޮންޑޯ އެވޯޑް މި އަހަރު ކާމިޔާބުކޮށް، އެ އެވޯޑް ޖުމްލަ އަށް ފަހަރު ހޯދާފައެވެ. އަދި އެމެރިކާގެ ޓައިމް މަޖައްލާގެ އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމުވެސް ހޯދާފައިވަނީ މެސީއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް