ads
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ސްޓްރީމްކޮށް، ޑައުންލޯޑްކޮށް އަދި ގޭމް ކުޅެލެވޭނެ 100ޖީބީގެ ޑޭޓާ ޕެކޭޖުތަކެއް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:ރާއްޖެއެމްވީ
ދިރާގު ކަސްޓަމަރުންނަށް މިހާރު 100ޖީބީ ބޭނުން ގޮތަކަށް ބޭނުން ކަމަކަށް
ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ސްޓްރީމްކޮށް، ޑައުންލޯޑްކޮށް އަދި ގޭމް ކުޅެލެވޭނެ 100ޖީބީގެ ޑޭޓާ ޕެކޭޖުތަކެއް އެ ކުންފުނިން ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ މި 100ޖީބީގެ ޑޭޓާ ޕެކްތަކާ އެކު އެ ކުންފުނީގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ އިންޓަނެޓް ބޭނުންތަކަށް ބަލައި ތަފާތު ޑޭޓާ އެލަވަންސްތަކާއި ފްލެކްސިބަލް ވެލިޑިޓީތަކަށް ބަލާ ޕެކޭޖް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަލަށް ތައާރަފުކުރި 100 ޖީބީގެ ޑޭޓާ ޕެކޭޖުތަކަކީ:

  • 100ޖީބީ 3 ދުވަހުގެ މުއްދަތަށް 100 ރުފިޔާއަށް
  • 100ޖީބީ 5 ދުވަހުގެ މުއްދަތަށް 149 ރުފިޔާއަށް
  • 100ޖީބީ 7 ދުވަހުގެ މުއްދަތަށް 225 ރުފިޔާއަށް
  • 100ޖީބީ 15 ދުވަހުގެ މުއްދަތަށް 400 ރުފިޔާއަށް
  • 100ޖީބީ 21 ދުވަހުގެ މުއްދަތަށް 550 ރުފިޔާއަށް
  • 100ޖީބީ 30 ދުވަހުގެ މުއްދަތަށް 750 ރުފިޔާއަށް

your imageދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ސްޓްރީމްކޮށް، ޑައުންލޯޑްކޮށް އަދި ގޭމް ކުޅެލެވޭނެ 100ޖީބީގެ ޑޭޓާ ޕެކޭޖުތަކެއް ވަނީ ތައާރަފުކޮށްފައި - ފޮޓޯ:ދިރާގު

މި ޑޭޓާ ޕެކްތައް ދިރާގު އެޕް މެދުވެރިކޮށް ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެކްޓިވޭޓްކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް