ads
މެސީ
ގަޑިއެއްގެ އިރުތެރޭ މެސީގެ 40000 ޓިކެޓް ވިކި ހުސްވެއްޖެ
ހޮންގްކޮންގައި، ލިއޮނަލް މެސީގެ އިންޓަ މިޔާމީން ކުޅޭ މެޗުގެ 40،000 ޓިކެޓް ގަޑިއެއްގެ އިރުތެރޭ ވިކި ހުސްވެއްޖެއެވެ.

އަންނަ ފެބްރުއަރީ މަހު ކުޅޭ މި މެޗުގައި އިންޓަމިޔާމީ ނުކުންނާނީ ހޮންކޮންގްއިން ހޮވާލެވޭ ޓީމަކާ ދެކޮޅަށެވެ. މި މެޗުގެ 40،000 ޓިކެޓް އޮންލައިންކޮށް ވިއްކަން ހުޅުވާލުމާއެކު ގަޑިއެއްގެ އިރުތެރޭ ހުރިހާ ޓިކެޓެއްވަނީ ވިކި ހުސްވެފައެވެ. ޓިކެޓް ވިއްކާ ގަޑި ޖެހުމުގެ ކުރިން ދެ މިލިއަނެއްހާ މީހުން ޓިކެޓް ގަތުމަށް ތައްޔާރުވެގެން ތިއްބެވެ.

ހޮންކޮންގް ސްޓޭޑިއަމްގައި މި މެޗު އޮންނާނީ ފެބުރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ. މެޗު ކުޅޭ ސްޓޭޑިއަމްގެ ޖާގައަކީވެސް 40،000 އެވެ. ގަޑިއެއްގެ އިރުތެރޭ މެޗުގެ ހުރިހާ ޓިކެޓެއް ވިކި ހުސްވިއިރު ޓިކެޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 600 ޑޮލަރުގައެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް