ads
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއެއްގައި ގައިސް: އެސްޓީއޯގެ ބޯޑުން އޭނާ ވަނީ ވަކިކޮށްފައި - ފޮޓޯ:ވަން/ޔޫސުފް ސޮފްވާން
އެސްޓީއޯގެ ބޯޑުން ގައިސް އިސްމާއިލް ވަކިކޮށްފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ހުންނެވި ގައިސް އިސްމާއިލް މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެސްޓީއޯގެ ބޯޑުގައި ހުންނެވި ގައިސް ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ގެނައި ބަދަލާ ގުޅޭގޮތުން ބުނެފައި ވަނީ ޕީސީބީން އެ ކުންފުނީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި ގައިސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކުރައްވާފައިވާ ކަމަށެވެ.

ގައިސް އެ މަގާމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޑްމިނިސްޓްރޭޝަނުންނެވެ.

ޕީސީބީން ގައިސް ވަކިކޮށްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން އަންނަނީ މުއައްސަސާތަަކަށާއި ކުންފުނިތަކަށް ބޭފުޅުން އައްޔަނުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެސްޓީއޯގެ ބޯޑުގައި މި ވަގުތު ތިއްބެވީ ޗެއާމަން އާމިރު މަންސޫރާއި މެނޭޖިން ޑިރެކްޓަރު ޝިމާދް އިބްރާހިމް އާއި މުހައްމަދު މުރާދު އާއި މުހައްމަދު ނިޒާމް އާއި އިސްމާއިލް ޒުމައިލް ރަޝީދު އަދި މުހައްމަދު އަހުސަން ސަލީމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް