ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެޑްމިނިސްޓްރޭޝަނުގައި ކަނޑައަޅުއްވާފައި އޮތީ އެސްއީޒެޑްގައި އިންވެސްޓްކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓަކީ 150 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އިންވެސްޓްމަންޓަކަށް ވާން ޖެހޭ ގޮތަށެވެ.
ނަމަވެސް ރައީސް މުއިއްޒު މިއަދު ނެރުއްވި އާ ގަރާރުގައި ވަނީ އެސްއީޒެޑްގައި އެންމެ ކުޑަކޮށް އިންވެސްޓް ކުރެވޭނެ މިންވަރަކީ 100 މިލިޔަން ޑޮލަރު ކަމުގައި ބަޔާން ކުރައްވާފަ އެވެ.
އެސްއީޒެޑްގައި ހިންގިދާނެ އިގުތިސޯދީ މަސައްކަތްތަކުގެ ގޮތުގައި އެ ގަރާރުގައި އިއުލާނުކޮށްފައިވާ ކަންކަން:
އެ ގަރާރުގައިވާ ގޮތުގައި މާލީ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކުގެ ހުށަހެޅުންތައް ދިރާސާ ކުރުމުގައި އިންވެެސްޓްމެންޓްގެ އަގު ކަމުގައި ބަލާނީ، ޑިވެލޮޕާ ގާއިމުކުރުމަށް ހުށަހަޅާ މުޅި އިންވެސްޓްމެންޓް ގާއިމު ކުރުމަށް އެ ފަރާތުން ހަރަދު ކުރުމަށް ހުށަހަޅާ މިނިމަމް ފިކްސްޑް އިންވެސްޓްމެންޓް އަދަދު ކަމުގަ އެވެ.
މީގެ އިތުރުން މާލީ ދާއިރާއިން ހުށަހަޅާ ހުށަހެޅުންތައް ދިރާސާކުރުމުގައި އިންވެެސްޓްމެންޓްގެ އަގު ކަމުގައި ބަލާނީ، ޑިވެލޮޕާ ގާއިމުކުރުމަށް ހުށަހަޅާ، މުޅި އިންވެސްޓްމެންޓް ގާއިމުކުރަން ހަރަދު ކުރާ ފިކްސްޑް އިންވެސްޓްމަންޓަށާއި މާލީ ހިދުމަތް ފަށައިގަތުމަށް ރާއްޖެއަށް ގެނައުމަށް ޑިވެލޮޕަރު ކޮމިޓް ކުރާ ކެޕިޓަލް އިންވެސްޓްމެންޓް ކަމަށް ރައީސްގެ އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.