ads
ޔުނާން އާއި އޭނާގެ އަންހެނުން ރިހުލާ
ޔުނާން ދޫކޮށްލި މައްސަލަ ހައިކޯޓަށް
ކުޑަކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފިލްމީ ތަރި، މުހައްމަދު ޔުނާން ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަން ޕީޖީ ނިންމައިފި އެވެ.

ޔުނާން ދޫކޮށްލީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޔުނާން ދޫކޮށްލީ ޝަތުރު ކުރުމަށް ފަހު އެވެ. އެހެންނަމަވެސް އެ ޝަރުތުތަކުގެ ތަފްސީލެއް ލިބިފައެއް ނުވެ އެވެ. އެ މައްސަލަ މާދަމާ ހައިކޯޓަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޔުނާން ދޫކޮށްލާފައިވާއިރު، ޔުނާން އާއެކު އެ މައްސަލަތަކުގައި ހިމެނޭ އޭނާގެ އަންހެނުން، ފާތިމަތު ރިހުލާވެސް ކުރިން ބަންދުން ދޫކޮށްލާފަ އެވެ. ރިހުލާ ބަންދުން ދޫކޮށްލާފައި ވަނީ، ބަލިވެ އިނުމާ ގުޅިގެން މިދިޔަ މާޗު މަސް ތެރޭގަ އެވެ.

އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޔުނާންގެ ދެމަފިރިން ހައްޔަރު ކުރީ 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

ޔުނާން އާ އޭނާގެ އަންހެނުންގެ މައްޗަށް، ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބައިވަރު ދައުވާތައް އުފުލާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް