ads
އައިޖީއެމްއެޗް ހޮސްޕިޓަލް
މިހާރު އައިޖީއެމްއެޗުން ޑައުންސިންޑްރޮމް ކުއްޖެއްތޯ ބެލުމަށް ޓެސްޓު ކުރެވޭނެ
ބަނޑުގައިވާ ދަރިފުޅަކީ ޑައުންސިންޑްރޮމް ކުއްޖެއްތޯ ދެނެގަތުމަށް ހަދާ ޓެސްޓު މިހާރު އައިޖީއެމްއެޗުން ހެދޭނެ ގޮތް ހަމަޖައްސައިފި އެވެ.

މި ޓެސްޓަކީ މީގެ ކުރިން ރާއްޖޭން ހެދޭ ޓެސްޓެއް ނޫނެވެ. ކުރިން މި ޓެސްޓު ހެދުމަށް ސާމްޕަލް ނެގުމަށް ފަހު ރާއްޖޭން ބޭރަށް ފޮނުވައިގެން ނަތީޖާ ލިބުމަށް އެތައް ދުވަހެއް ނަގާ މި ޓެސްޓު މިހާރު އައިޖީއެމްއެޗުން ހެދޭނެ އެވެ.

އައިޖީއެމްއެޗުން ބުނީ ވޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކޮށްގެން ގެނައި މެޝިނުން ޑައުންސިންޑްރޮމް ޓެސްޓުގެ އިތުރުން ޕަޓައު ސިންޑްރޯމް، ޓްރައިޕްލޮއިޑީ އަދި ޓާނާ ސިންޑްރޯމް ހުރިތޯވެސް ޓެސްޓުކުރެވޭނެ ކަމަށެވެ. އަދި މިއީ އައިޖީއެމްއެޗަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެބޭފުޅުން ގަބޫލު ކުރެ އެވެ. 

ޑައުންސިންޑްރޮމްއަކީ ކުއްޖާގެ ހެދިބޮޑުވުމުގައި ހުންނަ އައިބެކެވެ. ޑައުންސިންޑްރޯމް ޖެހެން ދިމާވަނީ ކްރޮމޮޒޯމަށް ދިމާވާ އުނިކަމެއްގެ ސަބަބުންނެވެ. އާދައިގެ ކުއްޖެއްގެ ހަށިގަނޑުގައި ކްރޮމޮޒޯމެއްގެ ޖޯޑެއް ހިމެނެ އެވެ. ޑައުންސިންޑްރޮމް ކުއްޖެއްގެ ހަށިގަނޑުގައި އެކާވީސްވަނަ ކްރޮމޮޒޯމް ޖޯޑަކަށް ވުރެ އިތުރަށް އެއް ކްރޮމޮޒޯމް އިތުރުވެ އެވެ. އައިޖީއެމްއެޗުން ވަނީ ރާއްޖޭގައި މިހާރަކަށް އައިސް މިފަދަ ކުދިން އިތުރުވާކަން ފާހަކޮށްފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް