ads
ފާތުމަތު ތައުފީގް (ކުޑީ) - ފޮޓޯ:ފާތުމަތު ތައުފީގް
އެމްއެމްޕީއާރުސީގެ އެމްޑީއަކަށް ފާތިމަތު ތައުފީގް ހަމަޖައްސައިފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތުމަތު ތައުފީގު (ކުޑީ) ހަމަޖައްސައިފި އެވެ.

ފާތުމަތު ތައުފީގު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އިއްޔެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ފާތިމަތު ތައުފީގުގެ ނަން އެންމެ ފުރަތަމަ ފޮނުއްވާފައި ވަނީ އެސްއެމްއީ ބޭންކް, އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސުމަށެވެ. އެހެންނަމަވެސް ފަހުން ރައީސް ވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފާތިމަތު ތައުފީގު އައްޔަނުކުރުމަށް އެދިވަޑައިގެންފަ އެވެ.

ޕީސީބީން ވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ތައުފީގު ހަމަޖައްސައިި އިއްޔެ އޭނާއަށް އެކަން އަންގާފަ އެވެ. އޭނާ ވަނީ މިއަދު އޮފީހަށް ނިކުންނަވަން ފައްޓަވާފަ އެވެ. 

އެމްއެމްޕީއާރުސީން ވަނީ ފާތުމަތު ތައުފީގު އެ ކުންފުންޏާ ގުޅިވަޑައިގަތުމުން އެކަމަށް މަރުހަބާ ކިޔާފަ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެފަހުން ހުންނެވީ ތޮއްޔިބު މުހައްމަދެވެ.

ފާތިމަތު ތައުފީގު ވަނީ އެކިއެކި ދާއިރާތަކުގައި ތަފާތު މަގާމުތައް އަދާކުރައްވާފަ އެވެ. އެގޮތުން މެރިން ސާވިސަސް، ވޭސްޓް މެނޭޖްމަންޓް އަދި އެންވަޔަރަމަންޓް ފަދަ ދާއިރާތަކުގައި އޭނާ ވަނީ ހިދުމަތްކުރައްވާފަ އެވެ.

ފާތިމަތު ތައުފީގު ވަނީ ވިލާ ކޮލެޖުން ބިޒްނަސް އެންޑް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން މާސްޓާޒް ހާސިލުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް