ads
ސްޓެލްކޯ ހެޑް އޮފީސް - ފޮޓޯ: އެޑިޝަން
"ސްޓެލްކޯ އަށް ލިބެންޖެހޭ 500 މިލިއަން ރުފިޔާ ނުލިބި އެބަހުރި"
ސްޓެލްކޯ އަށް ލިބެންޖެހޭ 500 ‏މިލިއަނެއްހާ ރުފިޔާ ނުލިބި އެބަހުރި ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅު ވެއްޖެ އެވެ.

ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ، ފައިދާ ވާ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ ހިންގި ކަމުގައި ވިޔަސް ލިބިން ޖެހޭ ބޮޑެތި އަދަދު ތަކުގެ ފައިސާ ގިނަ ފަހަރު ހުންނަނީ ނުލިބި ކަމަށެވެ. އެގޮތުން މިހާރު ވެސް ކަރަންޓު ބިލުތަކަށް ލިބެންޖެހޭ 500 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަަމަށެވެ.

 

"ބޮޑު އަދަދެއްގެ ފައިސާ އަޅުގަނޑުމެންނަށް ނުލިބި އެބަހުރި، މިހާރު ވެސް ގާތްގަނޑަކަށް އެބަހުރި ބައި ބިލިއަން ރުފިޔާ ނުލިބި އަޅުގަނޑުމެންނަށް ލިބެން ޖެހޭ ފައިސާ ކަރަންޓު ބިލަށް" ސްޓެލްކޯގެ އެމްޑީ ފަހުމީ

އެހެންކަމުން ސްޓެލްކޯގެ ކޭޝް ފްލޯ އާންމު ގޮތެއްގައި ހަމަޖައްސައިދެނީ ފިނޭންސް މިނިސްޓްރީން ކަމަށް ފަހުމީ ވިދާޅުވި އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ގިނަ ފަހަރުތަކެއްގެ މަތިން ލޯނުގެ އިތުރުން އިންޓްރަސްޓަށްވާ ފައިސާ ވެސް ދައްކައިދީފައި ވާކަަން އޭނާ ފާހަގަ ކުރެއްވި އެވެ.

ފަހުމީ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަތަރު މަސް ދުވަހު އެ ދަރަނި ދެއްކީ ސްޓެލްކޯއިން ކަަމުގަ އެވެ. އެހެން ނަމަވެސް މިހާރު ވެސް ސްޓެލްކޯއަށް ކޭޝްފްލޯގެ ދަތިތައް ކުރިމަތިވެފައިވާ ކަަމަށާއި، އެކަންކަން ހައްލުކޮށްގެން ކުންފުނީގެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެމަަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ފަހުމީ ވިދާޅުވީ ސްޓެލްކޯއަށް މިވަގުތު ދައުލަތުން ޑައިރެކްޓް ސަބްސިޑީއެއް ނުލިބޭ ކަމަށެވެ. އަދި ސަބްސިޑީ ދެނީ ޑީސަލްއަށް ކަމަށް ވުމުން، އެ ފައިސާ ލިބެނީ އެސްޓީއޯއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް