ads
މަންމައަށް ހަމަލާދިން ދަރިފުޅު ހައްޔަރުކޮށްފި
ހުޅުމާލޭގައި އާއިލީ މައްސަލައެެއްގެ ތެރެއިން މަންމައަށް ހަމަލާދިން ދަރިފުޅު ހައްޔަރުކޮށްފި އެވެ. މަންމައަށް ހަމަލާދިން ދަރިފުޅު ހައްޔަރުކޮށްފި

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 1، ގެ ފްލެޓެއްގައި ފިރިހެނަކު ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދިން މައްސަލައެއް މިރޭ 18:50 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ. 

އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ޢަންނަ ކަމަށް ފުލުހުން ބުނެއެވެ. 

އަނިޔާ ލިބިފައިވަނީ އުމުރުން 51 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.

"ސީއެންއެމް"އަށް އެނގިފައިވާ ގޮތުގައި މަންމައަށް ހަމަލާ ދިނުމަށް ފަހު ފިލައިގެން އުޅުނު ދަރިފުޅު ވަނީ މީގެ އިރުކޮޅެއް ކުރިން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް