ads
ބޮޑެތި ބަލި ހުންނަ މީހުންނަށް ހާއްސަ ހައްޖު ޖާގަތަކަށް އަލުން ހުޅުވާލައިފި
ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ހާއްސަކުރާ ހައްޖުގެ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.

ބޮޑެތި ބަލިތަކަށް ހާއްސަކުރާ ޖާގަތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަހަރުގެ ނޮވެމްބަރު މަހުވެސް ހައްޖު ކޯޕަރޭޝަނުން ހުޅުވާލިއެވެ. އެ ކޯޕަރޭޝަނުން ބުނީ ބަލި މީހުންނަށް ހާއްސަ ޖާގަތަކަށް ކުރިމަތިލުމަށް އަލުން މި ހުޅުވާލީ މިއަހަރު ރާއްޖެއަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް އެ ކޯޕަރޭޝަނަށް ދޭން ސަރުކާރުން ނިންމުމާއި ގުޅިގެންކަމަށެވެ. 

ސަރުކާރުގެ އެ ނިންމެވުމާއި ގުޅިގެން މި އަހަރު ޙައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން %5، ހާއްސަކޮށްފައިވަނީ ހައްޖަށް ދާން ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ ޙައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ މީހުންނަށްކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. އަދި މިކަމަށް އެދި ހުށައެޅުމުގެ ފަހުގެ ތާރީހަކީ މިމަހުގެ 31 ވަނަދުވަހު 14:00 ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

މިގޮތުން 09 ނޮވެމްބަރ 2023 ވަނަ ދުވަހުގެ ނިޔަލަށް މިކުންފުނީގެ ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަޙައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖު އަދާކޮށްފައިނުވާ ފަރާތްތަކުން މަތީގައި ދެންނެވުނު ގޮތުގެ މަތީން ޚާއްޞަ ކުރެވޭ ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލަމެވެ. ކޯޕަރޭޝަންގެ އިއުލާންގައިވެއެވެ.

ޖާގަ ހޯދުމަށް ހުށައަޅަންޖެހޭ ތަކެތި 

  • އިޢުލާނާއި އެކު ޝާއިއު ކުރެވިފައިވާ ހެލްތް ސަރޓިފިކޭޝަން ފޯމް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް

ހައްޖު ކޯޕަރޭޝަނުން ބުނީ ޖާގައަށް އެދޭ ފޯމް އެ ކުންފުނީގެ އޮފީހުގެ ވެބްސައިޓްގެ މި ލިންކުން http://mhcl.mv/downloads.html ލިބެން ހުންނާނެކަމަށެވެ. އަދި ނޮވެމްބަރ މަހު ހުޅުވާލި ފުރުސަތުގައި ނަން ހުށައެޅި މީހުން އަލުން ނަން ހުށައަޅަންނުޖެހޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. 

ކޮންމެ އަހަރެއްގެ ހައްޖަށްވެސް ސައުދީ ސަރުކާރުން ރާއްޖެއަށް 1000 ޖާގައިގެ ކޯޓާއެއް ދެއެވެ. މީގެކުރިން މި ކޯޓާއިން ބޮޑުބައި ކޯޕަރޭޝަނަށް ނަގާ އަނެއްބައި ދެމުން އައީ އަމިއްލަ ކުންފުނިތަކަށެވެ. އެހެންނަމަވެސް މިއަހަރު އަމިއްލަ ކުންފުނިތަކަށް ހައްޖު ކޯޓާ ނުދޭން ސަރުކާރުންވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން ސަރުކާރުގެ ހަރަދުގައި 50 މީހުން ހައްޖަށް ގެންދިޔުމަށްވެސް ސަރުކާރުންވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް