ads
18ހާސް މެންބަރުންނާ އެކު 4ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ
އަށާރަ ހާސް މެންބަރުންނާއެކު ހަތަރުވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީއަށް ސަރުކާރު ހިންގާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީ ވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަނުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވިފައިވާއިރު އޭގެ ތެރެއިން 10 ހާސް މެންބަރުން ހަމަވެ، އެ 10 ސިޔާސީ ޕާޓީގެ ތެރެއިން ސަރުކާރުގެ ބަޖެޓުން ފައިސާ ލިބެނީ ހަ ޕާޓީއަކަށެވެ. އަލަށް ދިހަ ހާސް މެންބަރުން ހަމަވެ ސަރުކާރުން ފައިސާ ލިބޭ ޕާޓީއަކަށް ޕީއެންސީ ވާނެއެވެ.

އަދި ދިހަ ހާސް މެންބަރުން ހަމަވެ، އެ 10 ސިޔާސީ ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބެނީ ހަ ޕާޓީއަކަށެވެ. އަލަށް 10 ހާސް މެންބަރުން ހަމަވެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީއަކީ ޕީއެންސީ އެވެ.

ސަރުކާރުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަަކަކީ: 

- އެމްޑީޕީ
- ޕީޕީއެމް
- ޖުމްހޫރީ ޕާޓީ
- ކޮންގްރެސް ޕާޓީ
- އަދާލަތު ޕާޓީ
- އެމްޑީއޭ 

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައިވާނީ، ސިޔާސީ ޕާޓީތަކާ ބެހޭ ގަވާއިދުގައި ވާގޮތުން ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ބަޖެޓް ފާސްކުރާ ދުވަހާ ހަމައަށް 10ހާސް މެންބަރުން ހަމަވާ ޕާޓީތަކަށް ކަމަށެވެ. 

މިދިޔަ އަހަރާ އަޅާ ބަލާއިރު އެ ލިސްޓަށް ބަދަލު އައިސްފައިވާކަން ހަބީބް ފާހަގަ ކުރައްވާފައި ވެއެވެ. އެގޮތުން މިދިޔަ އަހަރު ފައިސާ ލިބުނު ޕާޓީއެއް ކަމަށްވާ އެމްއެންޕީ އިން މެންބަރުން މަދުވެ އެ ލިސްޓުން އެ ޕާޓީ ވަނީ އުނިވެފައިވެއެވެ. އަދި ޕީއެންސީން ހުށަހަޅާފައިވާ ފޯމްތަކުގެ އަދަދު އިތުރުވަމުން އަންނަ ކަމާ، އެޕާޓީން ހުށަހަޅާފައިވާ ފޯމްތަކުގެ އަދަދު 18 ހާހުން މައްޗަށް އަރާ ކަމަށްވެސް ހަބީބް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ހަބީބް ވިދާޅުވެފައިވަނީ އާންމު ގޮތެއްގައި ވެރިކަން ކުރާ ޕާޓީއަށް މީހުން އިތުރުވާ ކަމަށެވެ. ޕީއެންސީން ބުނެފައިވަނީ އެ ޕާޓީގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ތިރީސްހާސް މެންބަރުން ހަމަކުރުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް