ads
މެސީ ކުޑައިރު ކުޅުނު ޓީމުގެ މެންބަރުންނާއެކު
މެސީ ކުޑައިރުގެ ކްލަބާ ދެކޮޅަށް ނުކުންނަނީ
ލިއޮނަލް މެސީ އޭނާގެ ކުޑައިރުގެ ކްލަބް ނިއުވެލްސް އޯލްޑް ބޯއީސްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއްގައި ނުކުންނަން ހަމަ ޖެހިއްޖެއެވެ.

މެސީ، އޭނާގެ ކުޑައިރުގެ ކްލަބު، އާޖެންޓީނާގެ ނިއުވެލްސް އޯލްޑް ބޯއީސްއާ ދެކޮށް ކުޅޭނީ ފެބްރުއަރީ މަހު އިންޓަ މިއާމީގެ ޕްރީ ސީޒަން ފްރެންޑްލީ މެޗެއްގައެވެ. މި މެޗު ކުޅެން ކަނޑައަޅާފައިވާ ތާރީހަކީ ފެބްރުއަރީ 15 ވަނަ ދުވަހެވެ.

ނިއުވެލްސް އަކީ މެސީ އުފަންވެ ބޮޑުވި ރޮޒާރިއޯ ސިޓީގައި އުމުރުން 13 އަހަރުގައި ސްޕެއިންގެ ކްލަބް ބާސެލޯނާއަށް ބަދަލުވުމުގެ ކުރިން އެ ޓީމުގެ ޔޫތު ޓީމަށް ކުޅެފައިވާ ކުލަބެވެ. 

އެ ކްލަބުން ދެން މެސީ ބަދަލުވީ ބާސެލޯނާއަށެވެ. ކެރިއަރުގެ ބޮޑު ބައެއް ބާސާގައި ކުޅުމަށް ފަހު މެސީ އެމެރިކާއަށް ބަދަލުވުމުގެ ކުރިން ފްރާންސްގެ ޕީއެސްޖީއަށްވެސް ކުޅުނެވެ.

40%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް