ads
މިއަދު 1.8 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނަނީ
މި އަހަރުގެ 1.8 މިލިއަން ވަނަ ފަތުތުވެރިޔާ މިއަދު ރާއްޖެ އަންނާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ވަނީ 1.8 މިލިއަން ވަނަ ފަތުވެރިޔާ އަށް މިކަމާ ގުޅޭގޮތުން މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައެވެ. 

އަދި މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވާނީ މިއަދު ފަތުވެރިޔާ ރާއްޖެ އަންނަ ވަގުތު (މިއަދު ހަވީރު 16:30 އާއި 17:00 އާ ދެމެދު) ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. 

މިއަހަރު ޖުލައި މަހު ރާއްޖެ އައި އެއްމިލިއަން ވަނަ ފަތުރުވެރިޔާ އައުންވެސް ފާހަގަ ކޮށްފައެވެ. އަދި އެ ފަތުރުވެރިޔާ ވެސް ވެފައިވަނީ ރަޝިއާގެ މޮސްކޯއަށް ނިސްބަތްވާ އެންޓޮލް ޕަލްވޯ ނަމަކަށް ކިޔާ ފަތުރުވެރިޔަކަށެވެ.

ދިވެހިރާއްޖެ އަކީ ގުދުރަތީ ގޮތުން މުއްސަދި މަލަމަތިތަކަކުން ފުރިފައިވާ ގައުމެއް ކަމުން މުޅި ދުނިޔޭގެ ނިސްބަތުން ބަލާ އިރު ފިދޭވަރަކަށް ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމަކަށް ދިވެހިރާއްޖެ ވެފައިވެއެވެ. 

އެގޮތުން ޓޫރިޒަމް މިނިސްޓްރީން މިއަހަރު ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާ ކޮށްފައިވާ އަދަދަކީ 1.8 މިލިއަން ފަތުރުވެރިންނެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް މި އަދަދުގެ ލަފާ ވަނީ 1.9 މިލިއަނަށް އިތުރުކުރެއްވި އެވެ. 

މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެއީ 197،824 ފަތުރުވެރިންނެވެ. އަދި މި ލިސްޓުގެ ދެވަނައިގައި އިންޑިއާ ހިމެނޭ އިރު ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާއިން ކަމަށްވެއެވެ. 

މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާޒް (މަޓާޓޯ)އިން އަންނަ އަހަރަށް ލަފާކުރާ ގޮތުގައި ރާއްޖެއަށް 2.01 މިލިއަން ފަތުރުވެރިން އަންނާނެއެވެ.

މިއަހަރަކީ ރާއްޖޭގެ ތާރިހުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އެއް އަހަރެވެ. ކޮވިޑް 2019 ގެ ކުރިން 1،702،831 ފަތުރުވެރިން ރާއަޖެ އައި އިރު، 2020 ވަނަ އަހަރު ރާއްޖެ އައިސްފައިވަނީ 555،494 ފަތުރުވެރިން ނެވެ. އަދި 2021 ވަނަ އަހަރު 1.2 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރު ނިމުނު އިރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ފަތުރުވެރިކަމަށް 1135 ފެސިލިޓީއެއް ރާއްޖޭގައި މިހާރު ބޭނުން ކުރެވެމުން ދެއެވެ. އޭގެ ތެރޭގައި 175 ރިސޯޓާއި 802 ގެސްޓްހައުސް އާއި 144 ސަފާރީ އުޅަނދު އަދި 14 ހޮޓަލެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް