ads
ރައީސް މުއިއްޒާއި ގާސިމް ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައިފި އެވެ.

ގާސިމް ރައީސް މުއިއްޒުއާއި ބައްދަލުކުރެއްވިއިރު ޖޭޕީގެ އިސް ލީޑަރުން ވަނީ މިދިޔަ މަހު ރައީސްގެ ޕީއެންސީއާއެކު އެކުގައި މަސައްކަތް ކުރުމުގެ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. 

އޭރު މަޝްވަރާކޮށްފައިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ދެ ޕާޓީން ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ގޮތުންނެވެ. 

ރައީސްއާ ނިމުނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ގާސިމް ބައްދަލުކުރެއްވިކަން ރައީސް އޮފީހުން ދެންމެ ކުރި ޓްވީޓަކުން ސާފުވެ އެވެ. ނަމަވެސް ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް ނުދެ އެވެ.

މިއަދު ރައީސް ގާސިމާ ބައްދަލު ކުރައްވާއިރު މެންދުރު ފަހު އެމްޑީގެ ލީޑަރު މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދާ ވެސް މިއަދު ރައީސް ބައްދަލު ކުރައްވަާ ކަމަށް ވަނީ އަޑުފެތުރިފައި އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް