ads
އަހަރަކު 2 ފަހަރު ޕާޓީތަކުގެ ލިސްޓް އަޕްޑޭޓް ކުރޭ: ހަބީބް
ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ލިސްޓް ކޮންމެ އަހަރަކު ދެ ފަހަރު އަޕްޑޭޓް ކުރާކަމަށް އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

ހަބީބް "ސީއެންއެމް" އަށް މިއަދު ވިދާޅުވީ ކޮންމެ އަހަަރަކު ޖޫން 30 އާހަމައަށް ޕާޓީތަކުގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރުންގެ އަދަދު ޖުލައި މަހު އާންމު ކޮށް އިއުލާނުކޮށް އިލެކްޝަން ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ. 

އަދި ޖުލައި މަހުން ފެށިގެން ޑިސެމްބަރު 31 އާ ހަމައަށް ލިބޭ ފޯމުތަކުގެ ޖުމްލަ މެންބަރުންގެ އަދަދު އާންމު ކުރެވެނީ ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ ހިސާބުގައި ކަމަށެވެ.

މިގޮތުން މިއަހަރުގެ މިހާތަނަށް ހަަތަރު ވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ސަރުކާރު ހިންގާ ޕާޓީކަމަށްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވެފައިވާކަމަށެވެ. މިހާތަނަށް ލިބިފައިވާ ފޯމުތަކުން 18 ހާހަށް ވުރެ ގިނަ މެންބަރުން އެ ޕާޓީއަށް ވަނުމަށް ފީމު ހުށަހަޅާފައިވާކަން އޭނާ ފާހަގަ ކޮށްފައިވެ އެވެ. 

ހަބީބް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި މަދުވެގެން 10،000 މެންބަރުން ހަމަވުމުންނެ އެވެ. އެގޮތުން މިދިޔަ އަހަރު ހަ ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދީ ފައިވާ ކަމަށާއި، މި އަހަރު އަލަށް ޕީއެންސީއަށް ދައުލަތުން ފައިސާ ދެވޭނެ ކަމަށެވެ. 

މިދިޔަ އަހަރު 10،000 މެންބަރުން ހަމަވެގެން ދައުލަތުގެ ބަޖެޓުން ފައިސާ ދެވިފައިވާ ޕާޓީތަކަކީ؛ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، ކޮންގްރެސް ޕާޓީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް