ads
ގާޒާ މައްސަލަ ހައްލު ކުރުމުގައި އދ ނުކުޅެދިއްޖެ: ރައީސް ޑރ. މުއިއްޒު
ފަލަސްތީނުގެ ގާޒާއަށް ކުރިމަތިކުރަމުންދާ ލާއިންސާނީ އަމަލުތައް ނިމުމަކަށް ގެނައުމުގައި އދގެ ސަލާމަތީ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކަން ކުށްވެރިކުރައްވައިފި އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނިއުޔޯކްގައި ކުރިއަށްދިޔަ އދ ގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގެ 45 ވަނަ ޕްލެނަރީ މީޓިންއަށް، ފޮނުއްވި މެސެޖުގަ އެވެ.

ނިއުޔޯކްގައި ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގައި، ރައީސްގެ ފަރާތްޕުޅުން، މި ބަޔާން އިއްވެވީ އދ.އަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ޝާޒޭ ޑި އެފެއާޒް އަދި ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ޑރ. އިބްރާހީމް ޒުހުރީ އެވެ.

ރައީސްގެ މެސެޖުގައި އދ.ގެ ސަލާމަތީ މަޖިލީހުން އެ މައްސަލަ ވީޓޯކުރުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުގައި ފެއިލްވުމުގެ އިތުރުން، މިކަމުގެ ސަބަބުން ހަނގުރާމައިގެ ޖަރީމާތަކަށް މަގުފަހިކޮށްދެމުންދާތީ، މިހާރު ދުނިޔޭގެ އެތައް މިލިއަން ބަޔަކު އިންސާނިއްޔަތުގެ އަގާއި އ.ދ.ގެ ބޭނުންތެރިކަމާމެދު ސުވާލު އުފައްދަމުންދާ ކަމާށް ވިދާޅުވި އެވެ.

މީގެ 78 އަހަރު ކުރިން އދ އުފެދުނީ ދެވަނަ ބޮޑު ހަނގުރާމައި ގައި ކުރިމަތިވި ފަދަ އަނިޔާވެރި ކަމެއް ދުނިޔެއަށް ދެން ފެންނަން ނޭދޭތީ އެކަން ކަށަވަރު ކުރުމަށް ކަމުގައި ފާހަގަ ކުރައްވަމުން ބައިނަލްއަގްވާމީ ސުލްހަ އާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަކީ އދގެ ސަލާމަތީ މަޖިލީހުގެ މައްޗަށް ލާޒިމު ކޮށްފައިވާ ކަމެއްކަމުގައި ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ އޮކްޓޫބަރު 7 ވަނަ ދުވަހުގެ ކުރިންވެސް އިސްރާއީލުގެ ބާރުގެ ދަށުން ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ދެމުންދިޔަ ކަމަށެވެ. އެހެންކަމުން އިންސާނީ ހައްގުތައް ދެމެހެއްޓުމުގައި ދެފުށް ފެންނަ މިންގަނޑުތަކެއް ގެންގުޅުމަށް އދގެ ސަލާމަތީ މަޖިލީހަށް ރައީސް ގޮވާލެއްވި އެވެ.

އަދި ގަވާއިދާ ހިލާފަށް ފަލަސްތީނުގައި މީހުން ވަޒަންވެރިކުރުން އިތުރުކުރުމާއި، ފަލަސްތީނުގެ އިގްތިސާދު އެކަހެރިކުރުން ހުއްޓުވުމަށް، އިސްރާއީލު ސަރުކާރަށް، ބައިނަލްއަގްވާމީ ގޮތެއްގައި ބާރުއެޅުމަށް ރައީސް ވަނީ ގޮވައިލައްވާފަ އެވެ.

އެގޮތުން، ރައީސްގެ މެސެޖުގައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ވެސް ރައީސް އެދިލެއްވި އެވެ.

your imageގާޒާގައި ހާލުގައި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން

އިޒްރޭލުގެ ހަމަލާތަކުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވަނީ 20،200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.  އަދި، ޒަހަމު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާ ކަމުގައި ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެ އެވެ. ނަމަވެސް، ގާޒާގެ ހޮސްޕިޓަލްތަކަށް ބޮންއަޅައި، އެ ތަންތަން ސުންނާފަތި ކުރަމުންދާތީ، ޒަހަޚަމުވެފައިވާ މީހުންނަށް ފަރުވާދޭނެ ގޮތެއް ނެތް ކަމުގައި ވެސް އެ ވުޒާރާއިން ބުނެ އެވެ. 

ހަނގުރާމައިގެ ސަބަބުން ގާޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ ތެރެއިން 80 ޕަސެންޓު މީހުން ގެދޮރު ގެއްލި ވަނީ މަގުމަތިވެފަ އެވެ. ނަމަވެސް އެމީހުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުން އިޒްރޭލުން އަދިވެސް އޮތީ ކޮންޓްރޯލް ކޮށްފަ އެވެ.

އެޗްއާރްޑަބްލިއުގެ އިތުރުން އދ އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެހެން ޖަމާއަތްތަކާއި އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ވެސް ދަނީ ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ފާހަގަކޮށް، ހަނގުރާމަ ހުއްޓައިލުމަށް ގޮވާލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް