ads
ޝަމްހާ ކުރީގެ ރޭހަކަށް ފަހު
ބާޅިން މެރަތަންއަށް ކޮލިފައިވެ ޝަމްހާއަށް ބޮޑު ޝަރަފެއް
ބާލިން މެރަތަން އަށް ކޮލިފައިވި ދިވެހި ފުރަތަމަ އަންހެން އެތުލީޓަކަށް، ޝަމްހާ އަހްމަދު ވެއްޖެއެވެ.

ޖަރުމަންގެ ބާލިންގައި އަހަރަކު އެއް ފަހަރު އޮންނަ، ބާލިން މެރަތަންއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ފަސް މެރަތަންގެ ތެރެއިން އެއް މެރެތަންއެވެ. 

ބާލިން މެރެތަންއަށް ޝަމްހާ ކޮލިފައިވީ، މިދިޔަ އަހަރު އޭނާ އެ މެރަތަންގައި ރޭސް ނިންމި ޓައިމިން، ބާލިން މެރަތަންގެ ކޮލިފިކޭޝަން ޓައިމްގެ ތެރެއަށް ފެތޭތީ އެވެ. ކޮލިފައިވުމުން ޝަމްހާ ދުވާނީ އަންނަ އަހަރު އޮންނަ މެރެތަންގައެވެ. އެއީ، ބާލިން މެރެތަންއަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ކުލަގަދަ މެރަތަންއެކެވެ.

ޝަމްހާވަޏީ މިދިޔަ އަހަރު ބާލިން މެރަތަންގައި ދުވެ 3 ގަޑިއިރާއި 2 މިނެޓް 41 ސިކުންތުން މެރަތަން ފުރިހަމަކޮށްފައެވެ. އެއީ ގައުމީ ރެކޯޑެއްވެސް މެއެވެ.  ުރިން އެ ރެކޯޑް އޮންނަނީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރެކޯޑް ހެދި މަރްޔަމް އަބްދުލް ކަރީމް (މަރީ) އަތުގަ އެވެ. އެ ގޭމްސްގައި އޭނާ މެރަތަން ނިންމީ 3:21:54 އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް