ads
ތުރުކީން ދޭ ސްކޮލާޝިޕްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ތުރުކީން ރާއްޖެއަށް ދޭ 30 ސްކޯޝިޕަށް ކުރިމަތިލާން މިނިސްޓަރީ އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލައިފި އެވެ.

ތުރުކީން ދޭ މިސްކޮލާޝިޕް ފުރުސަތުގެ ތެރޭގައި ހިމެނެނީ ޓްރޭނިން ނީޑްސް ލިސްޓްގައިވާ އެކިއެކި ދާއިރާތަކުން 15 ބެޗްލާސް ޑިގްރީ އާއި 10 މާސްޓާސް ޑިގްރީ އާއި 5 ޑޮކްޓޯރަލް ޑިގްރީއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިސްކޮލާޝިޕްގައި ކިޔެވުމުގެ ހުރިހާ ހަރަދެއް (ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް) ހަމަޖައްސާނީ ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށެވެ. 

އަދި ފައިނަލް ސިލެކްޝަން ހަދާނީވެސް ކޯސް އިންތިޒާމް ކުރާ ފަރާތުން ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މިގޮތުން ލިބޭ ހަރަދުތަކާއި އެހެނިހެން މައުލޫމާތު މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އިޢުލާންނާއި، ވެބްސައިޓާއި، ތުރުކީގެ ވެބްސައިޓުގައިވަނީ ހިމަނާފައެވެ.

މިސްކޮލަރޝިޕްތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޓާކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސްގެ ރައީސް، ޢަބްދުالله އެރެންއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު ދިވެހިރާއްޖެއަށް ތުރިކީން ދޭ ސްކޮލާޝިޕްތަކުގެ އަދަދު ވަނީ 30އަށް އިތުރުކޮށްދެއްވާފައެވެ.

ޝައުވެރިވާ ފަރާތަކުން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ 1:30އާ ހަމައަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މުއްދަތު ހަމަވުމުން، އެޕްލިކޭޝަންތައް ވަޒަންކޮށް، ނަތީޖާ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް