ads
ސްޕޯޓްސް މިނިސްޓަރުގެ ޑެޕިއުޓީއަކަށް ޑޮޑީ
ހުނަރުވެރި ކުޅިވަރު ފޮޓޯ ގްރާފަރު، ފާއިދު އިބްރާހީމްއަށް ކުޅިވަރު ވަޒީރުގެ ނައިބުކަން ދެއްވައިފިއެވެ.

ޑޮޑީގެ ނަމުން އާއްމުންގެ ތެރޭގައި މަޝްހޫރުވެފައިވާ ސްޕޯޓްސް ފޮޓޯ ގްރާފަރަށް ނައިބުކަން ދެއްވާފައިވާކަން މިނިސްޓަރުވަނީ ކަށަވަރުކޮށްދެއްވާފައެވެ. 

އެހެންނަމަވެސް އެ މަގާމަށް ޑޮޮޑީ އައްޔަން ކުރެއްވިކަން ސަރުކާރުން އަދި ރަސްމީކޮށް ހާމަ ނުކުރެއެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް އަދި އެ މައުލޫމާތު އާއްމުކޮށްފައެއް ނުވެއެވެ.

ހުނަރުވެރި ކުޅިވަރު ފޮޓޯ ގްރާފަރު ޑޑީ މިހާތަނަށް މަސައްކަތް ކުރެއްވީ އެފްއޭއެމްގެ ފޮޓޯ ގްރާފަރުގެ ގޮތުގައެވެ. ގައުމީ ޓީމުގެ ފޮޓޯ ގްރާފަރުގެ ގޮތުގައިވެސް ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި ޑޮޑީއަކީ ކުޅިވަރުގެ އާއިލާގެ މެދުގައި އެންމެން ދަންނަ ނަމެކެވެ. 

ދިވެހި ގައުމީ ފުޓްބޯޅަ ޓީމު ބައިވެެރިވެފައިވާ ބައިނަލްއަގްވާމީ އެތައް މުބާރާތެއް ޑޮޑީ ކަވަރުކޮށްފައިވެއެވެ.

ކުޅިވަރު ވަޒީރުގެ ނާއިބުކަމުގެ މަގާމަށް ޑޮޑީ އައްޔަން ކުރެއްވިއިރު، އެ މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި ތިބި އެންމެންނަކީވެސް ކުޅިވަރު އާއިލާގެ މީހުންނެވެ. އޭގެ ތެރޭގައި ކުޅިވަރު ހިންގުމުގެ ދާއިރާއިން އެންމެ އުހުގައި ތިއްބެވި ބޭފުޅުންނާއި އަދި އެތްލީޓުންނާއި ކޯޗިންގެ ދާއިރާއިންވެސް ތައުލީމާ ތަޖުރިބާ ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުން ތިބިކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް