ads
ފަސޫހާ (ފޮޓޯ އިމޭޖަސް)
އަންހެނުންގެ 1500 މީޓަރު ރެކޯޑް ފަސޫހާ މުގުރާލައިފި
ފަސޫހާ އަހުމަދު، ރާއްޖޭގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި އެވެ.

1500 މީޓަރު، އަންހެނުންގެ ދުވުމުގެ ރެކޯޑް ފަސޫހާ މުގުރާލީ، ނެޝަނަލް ގްރޯން ޕްރީ 2023 ގައި، ދުވެ ހުކުރު ދުވަހުއެވެ. 

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަސޫހާ ގްރޯން ޕްރީގެ 1500 މީޓަރު ރޭސް ނިންމައި، ގައުމީ ރެކޯޑް ހެދީ، 5 މިނިޓް، 04.02 އިންނެވެ. ފަސޫހާ ވަނީ މި އަހަރުގެ ހަތަރު މަސް ތެރޭ، ތިން ފަހަރަށް ރާއްޖޭގެ އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

1500 މީޓަރުގެ ރެކޯޑް ކުރިން އޮތީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޖާއިޝާ ޖުނީޒް އަތުގަ އެވެ. ނެޝަނަލް ގްރޯން ޕްރީ، 2021 ގައި ޖާއިޝާ ރެކޯޑް ހެދީ، 5 މިނިޓް، 05.36 އިން ރޭސް ނިންމައިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް