ads
ބިދޭސީ ވޭޓަރަކަށް ޖިންސީ ގޯނާ ކުރި މީހަކު ޖަލަށް
ރެސްޓޯރެންޓެއްގައި މަސައްކަތް ކުރި، ބިދޭސީ އަންހެން ވެއިޓަރެއްގެ ނުރުހުމުގައި އެ މީހާގެ ގައިގައި އަތްލައި ޖިންސީ ގޯނާ ކުރި މީހަކު ޖަލަށް ލާން ހުކުމްކޮށްފިއެވެ.

މިދިޔަ އަހަރުގެ މެދުތެރޭ ދެކުނުގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ޖަލަށްލާފައިވަނީ ނޭޕާލް ވެއިޓަރަކަށް ޖިންސީ ގޯނާ ކުރި ދިވެހި ފިރިހެނެކެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދިވެހި ފިރިހެން މީހާވަނީ، ވެއިޓަރުގެ ގައިގައި ބައްދައި އޭނާއަށް ޖިންސީ ގޯނާ ކޮށްފައެވެ. 

މި މައްސަލައިގައި ހިމެނޭ ދިވެހި ފިރިހެން މީހާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ގައިގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުވާ ލިބޭ މީހާ ދައުވާއަށް އިއުތިރާފުވެފައިވާތީއާއި އަދި އޭނާއަކީ އެހެން މައްސަލައެއްގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހަކަށްވާތީ ބޭއްވި އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެއެވެ. އަދި އިއުތިރާފުގެ މައްޗަށް ބިނާކޮށް، 27 ދުވަހުގެ ޖަލު ހުކުމެއް އިއްވަވައިފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް