ads
ފަޒީލް އަދި ފަސޫހާ
ގްރޯން ޕްރީގެ މޮޅު އެންމެ އެތުލީޓުންނަށް ފަސޫހާ އަދި ފަޒީލް
ގައުމީ ގްރޯން ޕްރީ 2023 ގެ އެންމެ މޮޅު އެތުލީޓުންނަށް ފަސޫހާ އަހުމަދު އަދި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) ހޮވިއްޖެއެވެ.

ގައުމީ ގްރޯން ޕްރީ 2023 ކުރިއަށް ދިޔައީ ނިމުނު ހަފްތާ ބަންދުގައެވެ. ގައުމީ ގްރޯން ޕްރީ 2023 ގެ އެންމެ މޮޅު ދެ އެތްލީޓުންނަށް ހޮވުނު ފަސޫހާ އަދި ފަޒީލްވަނީ ގައުމީ ރެކޯޑްތައް މި އިވެންޓުގައި މުގުރާލާފައެވެ. 

ފަސޫހާ ވަނީ، އިއްޔެ، އަންހެނުންގެ 1500 މީޓަރު ދުވުމުން ގައުމީ ރެކޯޑް ހަދައިފަ އެވެ. ފަސޫހާ ގްރޯން ޕްރީގެ 1500 މީޓަރު ރޭސް ނިންމައި، ގައުމީ ރެކޯޑް ހެދީ، 5 މިނިޓް، 04.02 އިންނެވެ. މި ރެކޯޑް ކުރިން އޮތީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު ޖާއިޝާ ޖުނީޒް އަތުގަ އެވެ. ނެޝަނަލް ގްރޯން ޕްރީ، 2021 ގައި ޖާއިޝާ ރެކޯޑް ހެދީ، 5 މިނިޓް، 05.36 އިން ރޭސް ނިންމައިގެންނެވެ.

ފަޒީލް ވަނީ ފިރިހެނުންގެ 3000 މީޓަރު ރޭހުން ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. ފަޒީލް، ފިރިހެނުންގެ 3000 މީޓަރު ދުވުމުން ގައުމީ ރެކޯޑް މުގުރާލީ 8 މިނިޓް 55.87 ސިކުންތުންނެވެ. އެ އިވެންޓުން ދެ ވަނަ އަށް ދިޔަ، އައިލެންޑް ރަނާސް މޯލްޑިވްސްގެ ޔޫސުފް އިބްރާހިމް ރޭސް ނިންމީ، 9 މިނިޓް 07.42 ސިކުންތުންނެވެ. ތިން ވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބްގެ ޝިފާޒް މުހައްމަދުގެ ޓައިމިން އަކީ 9 މިނިޓް 28.92 ސިކުންތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް