ads
ސާއިދު - ފޮޓޯ އެމްއޯސީ
އޭޝިއަން އިންޑޯ މުބާރާތަށް ސާއިދު އަދި ފަސޫހާ
އަންނަ އަހަރު އީރާނުގައި އޮންނަ އޭޝިއާގެ އިންޑޯ މުބާރާތަށް ރާއްޖޭން ވާދަކުރާނެ އެތުލީޓުންގެ ގޮތުގައި ހަސަން ސާއިދު އާއި ފަސޫހާ އަހުމަދު ކަނޑައަޅައިފި އެވެ.

އޭޝިއާގެ އިންޑޯ މުބާރާތް އޮންނާނީ އިރާންގެ ތެހެރާންގައި އފެބްރުއަރީ މަހުގެ 17-19 އަށެވެ. މިއީ، 11 ވަނަ އޭޝިއަން އިންޑޯ މުބާރާތެވެ. މި މުބާރާތުގައި ގައި ރާއްޖެ ތަމްސީލް ކުރާނެ އެތުލީޓުން ކަނޑައަޅާފައިވަނީ ދާދި ފަހުން ނިމުނު ފަސް ވަނަ ގައުމީ ގްރޯން ޕްރީގެ އިވެންޓްތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު އެވެ.

ގްރޯން ޕްރީގެ ފިރިހެން ދެ ވަނަ އަށް ދިޔަ އެތުލީޓު، ސާއިދު ވަނީ 100 އާއި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. ފިރިހެނުންގެ 100 މީޓަރު ދުވުމުން ސާއިދު އެއް ވަނަ ހޯދީ 10.73 ސިކުންތެވެ. އަދި، 200 މީޓަރު ދުވުމުގެ ރޭހުގައި ސާއިދު އިވެންޓް ނިންމީ 22.04 ސިކުންތުންނެވެ.

ފަސޫހާ، ގްރޯން ޕްރީގެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ވާދަކުރި ދެ އިވެންޓުން ރަން މެޑަލް ހޯދައި، އެއް އިވެންޓްގައި ގައުމީ ރެކޯޑެއް މުގުރާލައިގެންނެވެ. ފަސޫހާ، 800 މީޓަރު ދުވުމުން އެއް ވަނަ ހޯދީ 2 މިނިޓް 19.73 ސިކުންތުންނެވެ. އަދި ފަސޫހާ، ގްރޯން ޕްރީގެ 1500 މީޓަރު ރޭސް ނިންމައި، ގައުމީ ރެކޯޑް ހެދީ، 5 މިނިޓް، 04.02 އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް