ads
ގުޅީފަޅުން 60 ހެކްޓަރު ބިން ހިއްކައިފި
ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން 60 ހެކްޓަރު މިހާތަަނަށް ހިއްކައިފައިވާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިއަދު "އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 150 ހެކްޓަރު ސަރަހައްދުގެ ތެރެއިން 60 ހެކްޓަރު ސަރަހައްދެއް ހިއްކައި ނިމިފައިވާކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އެ މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމުންކަމަށް އެ ސަރަހައްދުގައި އަސާސީ އިންފްރާސްޓްރަކްޗާތައް ބިނާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ގުޅީފަޅުގެ ދެވަނަ ފިޔަވަހި ހިއްކަން ފެށިީ  މާލޭގެ ވިޔަފާރި ބަނދަރު އެތަނަށް ބަދަލު ކުރުމުގެ އިތުރުން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބޮޑެތި ގުދަންތަކާއި ވޯކްޝޮޕްތަކާއި ބައެއް ވިޔަފާރިތައް ގުޅިފަޅަށް ބަދަލުކުރުމުގެ ބޭނުމުގައެވެ.

 އެ ބަދަލުތަކުގެ އިތުރުން ގުޅިފަޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ތަރައްގީ ކުރަން އޭރުގެ ސަރުކާރުން ނިންމިއެވެ. 

ޖުމްލަ ދެ ވިޔަފާރި ބަދަރު ހިމެނޭ ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަަަސައްކަތް ހަވާލުކޮށްފައިވަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ކުރި ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 130.4 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) އަށެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް