ads
އެފްއޭއެމް އިންތިހާބު ސްޕޯޓްސް ކޮމިޝަނަރު ހުއްޓުވައިފި
އެފްއޭމް އިންތިހާބު ސްޕޯޓްސް ކޮމިޝަނަހުއްޓުވައިފިއެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ހިނގަނީ ގަވާއިދާ ޚިލާފަށް ކަމަށާއި, ފީފާ އާއި އޭއެފްސީއާ މަޝްވަރާކޮށް ވަކި ގޮތެއް ނިމެންދެން އިންތިހާބުގެ ކަންކަން މަޑު ޖައްސާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން އެފްއޭއެމްއަށް އެންގީ މިއަދުއެވެ.

އެކަމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެފްއޭއެމްގެ އިންތިޚާބު ކަންކަމުގެ މައުލޫމާތު ހޯދުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އިން އެންގި އެންގުމާއި އެއްގޮތައް އެ އެސޯސިއޭޝަނުން މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އަންނަ މަހު 31 ގައި ބާއްވަން ތައްޔާރު ވަމުންދާ، އިންތިހާބު ފަސް ކުރަން ސްޕޯޓްސް ކޮމިޝަނާ ތޮލާލް އެންގެވީ ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، ކަމަށް ސްޕޯޓްސް ކޮމިޝަނާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވާން ހަ މަސް ދުވަސް ބާކީ އޮއްވައި، އިންތިހާބު 45 ދުވަހުގެ ތެރޭގައި ބާއްވަން އެގްޒެކެޓިވް ކޮމިޓީން ނިންމި އިރު، އެ ކޮމިޓީގެ ގާނޫނީ ސައްހަކަން ގެއްލިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް