ads
ގްރީލިޝް
ކުޅެން ހުއްޓާ ގްރީލިޝްގެ ގެ ފަޅާލައި ވައްކަންކޮށްފި
މެންޗެސްޓަ ސިޓީގެ ޖެކް ގްރީލިޝް މެޗު ކުޅެން ހުއްޓައި އޭނާގެ ގެއަށް ބަޔަކު ވަދެއް ވައްކަން ކޮށްފިއެވެ.

ގްރީލިޝްގެ ގޭން ވައްކަންކޮށްފައިވަނީ، މެންޗެސްޓާ ސިޓީއާ އެވަޓަން ބުދަ ދުވަހު ލީގު މެޗު ކުޅެމުން ދަނިކޮށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ގްރީލިޝްގެ ގެއަށް ވަން ވަގުންވަނީ އެއް މިލިއަން ޕައުންޑްގެ އަގުހުރި ގަހަނާ އާއި ގަޑި ވަގަށް ނަގާފައެވެ.

ވަގުންގެ ގްރޫޕެއް ގެއަށް ވަތް އިރު، ގޭގައި އެއްބަޔަކު ތިބީ ޓީވީން މެޗު ބަލާށެވެ. އަދި ވަގުން ވަނުމާއެކު ސެކިއުރިޓީ އެލާމް އަޅަން ފަށައިފިއެވެ. 

ވަގުތުން ފުލުހުންނަށް ރިޕޯޓްކޮށް، ފުލުހުން އައިއިރު ވަގުންވަނީ ފިލާފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް އެ ވައްކަމުގެ ތުހުމަތުގައި މީހަކު އަތުލައިގަނެފައި ނުވިނަމަވެސް ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް