ads
ގަމަށް ދާން އޮންނަ ކޯޒްވޭ-- ފޮޓޯ: ޑައިވް މޯލްޑިވްސް
ރޭގަނޑުގެ ގަޑިތަކަށް އައްޑޫ ގަން ބަންދުކޮށްފި
ރޭގަނޑު ފްލައިޓަކުން ފުރުން ނޫން ކަމެއްގައި އައްޑޫ ސިޓީ ގަމަށް އާއްމުން އެރުން މަނާކޮށްފި އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ގަމަށް އެރޭނީ ހެނދުނު 06:00 އިން އިރުއޮއްސި 06:00 އަށް ކަމަށެވެ. 

އަދި ރޭގަނޑުގެ ފްލައިޓެއް އޮތް ނަމަ، ގަން ހުޅުވާނީ ޗކިން ފެށުމުގެ 30 މިނެޓު ކުރިން ކަމަށާއި ފްލައިޓް ފުރާތާ 30 މިނެޓު ފަހުން އަނެއްކާ ވެސް ބަންދުކުރާނެ ކަމަށް ބުނެފައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގެ ކަރަންޓީން ފެސިލިޓީ ގާއިމްކޮށްފައި ވަނީ ގަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް