ads
ނަޑާލް
އަހަރެއް ފަހުން ނަޑާލް އެނބުރި ކުޅުމަށް
އަނިޔާގެ ސަބަބުން އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު، ސްޕެއިންގެ ތަޖުރިބާކާރު، ޓެނިސް ކުޅުންތެރިޔާ، ރަފައެލް ނަޑާލް، އެނބުރި ކުޅުމުގެ ތެރެއަށް އައުމަށް ތައްޔާރުވެއްޖެއެވެ.

އުމުރުން 37 އަހަރުގެ ނަޑާލް، އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު އޮސްޓްރޭލިއަން އޯޕަންގައެވެ. އެ މުބާރާތުގައި އަނިޔާވެގެން ކުޅުމާ ދުރުގައި ހުރުމަށް ފަހު ނަޑާލް އެނބުރި އަލުން އަންނާނީ އޮސްޓްރޭލިއާގައި ކުރިއަށްދާ ސިޑްނީ ކަޕްގަ އެވެ. އަންނަ ޖަނަވަރީގައި އޮންނަ އޮސްޓްރޭލިއަން އޯޕަންގައި ކުޅުމަށްވެސް ނަޑާލްވަނީ ނިންމާފައެވެ.

ނަޑާލްވަނީ 22 ގްރޭންޑް ސްލޭމްގެ ތަށި ހޯދާފައެވެ. ނަޑާލްގެ އެންމެ ކާމިޔާބު ގްރޭންޑް ސްލޭމް މުބާރާތަކީ، ފްރެންޗް އޯޕަން އެވެ. އޭނާ ވަނީ އެ މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް