ads
ރަހީނުކޮށް ބްލެކްމެއިލް ކުރި މީހުންގެ ބަންދު އިތުރުކޮށްފި
މީހަކު ރަހީނުކުރި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދު މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މީހަކު ރަހީނުކުރި ކަމުގެ ތުހުމަތުގައި މާލޭން ހައްޔަރުކޮށްފައި ވަނީ ތިން ދިވެހ ފިރިހެނުންނެވެ. އެ މީހުންގެ މައްޗަށް، ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާ، ބިރު ދެއްކުމާ، ފޭރުމާ، ވައްކަމުގެ އިތުރުން އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ތުހުމަތު ފުލުހުން ކުރެ އެވެ. 

މި ތިން މީހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މި މަހުގެ މެދު ތެރޭގައެވެ. އެ ފަހަރު ތިން މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދު ކުރިއެވެ.

މީގެ ތެރެއިން އެކެއްގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް މިހާރުވަނީ އިތުރުކޮށްފައެވެ. އަނެއް ދެ މީހުންގެ ތެރެއިން ވެސް އެކަކުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިފަނީ 25 އަހަރުގެ ފިރިހެނަކާ 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ. ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލައަކާ ގުޅުންހުރި ކޭސްއަކާ ގުޅުންހުރި ބައެއް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް