ads
ގެއްލުން ކުޑަކުރަން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ވަނީ ނިންމާފައި: ރައީސް
ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ލިބޭ ގެއްލުންތައް ކުޑަކުރުމަށް މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ނިންމާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭއަށް ކުރި ވިއްސާރައިގައި ގެތަކަށް ލިބުނު ގެއްލުންތައް ބެއްލެވުމަށް ފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފެންބޮޑުވުމަށް އޮތް ހައްލަކީ މާލޭގެ ހުރިހާ މަގުތަކެއްވެސް ރަނގަޅު ފެންވަރަށް ހެދުން ކަމަށެވެ.

މަގުތައް ހަދާއިރު "ވަރަށް ވަރުގަދަ" ސްޓޯމް ވޯޓާ ސިސްޓަމެއް  ގާއިމް ކުރާނެކަމަށާއި އެ ނިޒާމުގައި ހުންނަނާއި މިހާރަށްވުރެ ފަލަ ހޮޅިތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަގުތައް ތަރައްގީ ކުރުމުން މިފަދަ ހާލަތްތަކުގައި ގެތައް ސަލާމަތްވެ އާންމުންނަށް ލިބޭ ގެއްލުންތައް ކުޑަކުރެވިގެންދާނެކަަމަށެވެ.

މާލޭގެ އިތުރުން ރަށްރަށުގައިވެސް އެމަގުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ޑިޒާސްޓާ މެނޭޖުކުރުމުގެ ނިޒާމް ވަރުގަދަކުރައްވާނެކަމަށް ރައީސް ވިދާަޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް