ads
ހިލޭ ބޯންމެރޯ ހަދަން އިތުރު ދެކުއްޖަކު މިއަދު ފުރައިފި
ހިލޭ ބޯންމެރޯ ހެދުމަށްޓަކައި އިތުރު ދެ ކުދިން މިއަދު ރާއްޖޭން ބޭރަށް ފުރައިފިއެވެ.

މިކަން ހާމަކޮށް ހެލްތް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ދެ ކުދިން މިއަދު ފުރާފައިވާ ކަމަށެވެ.

ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބޯންމެރޯ ހެދުމަށް ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ފުރަތަމަ ފޮނުވި ކުއްޖާ ފުރާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހުގައެވެ.

ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ހަފްތާ-14 މަގުޗާޓުގައި ހިމަނާފައިވާ ކަމެކެވެ.

ރައީސްގެ އެ ވައުދުފުޅުގެ ދަށުން، ސަރުކާރުގެ ހަރަދުގައި ފަސް ކުއްޖަކަށް މިއަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމަށް ނިންމާފައި ވާކަމަށް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުން ވަނީ  ބުނެފައެވެ.

ތެލެސީމިއާ ކުދިންނަށް ދެވޭ ހިދުމަތްތައް ފުޅާކޮށް ކުރިއެެރުވުމަަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފަރުވާއަށް ބޭނުންވާ ބޭސް އެސްޓީއޯ މެދުވެރިކޮށް އާސާންދައިގެ ތެރެއިން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް ވެސް ވަނީ ބުނެފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް