ads
ތ. އަތޮޅުން މާލެ ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ދަނީ
ތ. އަތޮޅުން މާލެ ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސް އަޑިއަށް ދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އެ ލޯންޗު ފަޅައިގެން ގޮސް ދިޔަވާން ފަށާފައިވަނީ ތ. އަތޮޅާއި ދ. އަތޮޅާއި ދެމެދު އޮންނަ ކުރަލީ ކަނޑުގައެވެ. އެ ކަނޑަކީ ރާއްޖޭގައި ވެސް އެންމެ ގަދަ ކަނޑިތަކުގެ ތެރެއިން އެއް ކަނޑައެވެ. 

މައުލޫމާތު ލިބޭ ގޮތުގައި ދިޔަވެ އަޑިއަށް ދަމުން ދަނީ "މރ. ސްޕީޑު" ނަމަކަށް ކިޔާ ތ. ބުރުނި، ހިރިލަންދޫ އަދި މަޑިފުއްޓަށެވެ. 

ލޯންޗަށް އެހީވުނަށް ދެ ލޯންޗަކާއި، ކަންނެލި ދޯންޏެއް އަންނަނީ މިވަގުތު ދުއްވަމުންނެވެ. 

މި ލޯންޗުގައި ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެގައި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. ނަމަވެސް ލޯންޗުގައި ސީދާ މީހުން ތިބި އަދަދެއް ސާފެއް ނުވެއެވެ. 

މި ހާދިސާއާއި ގުޅިގެން ސިފައިން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް