ads
ދިވެހި ޝޫޓަރު ޒިޔާން ޒިޔާއު
އޭޝިޔާގެ ގަދަ 50 ގައި ދިވެހި ޝޫޓަރެއް
އޭޝިއަން ޝޫޓިން ކޮންފެޑެރޭޝަނުން އާންމުކުރި 2023 ވަނަ އަހަރުގެ 10 މީޓަރު އެއާ ޕިސްޓަލްގެ ރޭންކިންގެ ގަދަ 50 ގެ ތެރޭގައި ދިވެހި ޝޫޓަރު ޒިޔާން ޒިޔާއު ހިމެނިއްޖެއެވެ.

އޭޝިޔާގެ ރޭންކިންގައި ޒިޔާން ހިމެނިފައިވަނީ 34 ވަނައިގައެވެ. މިއީ ރާއްޖޭގެ ޝޫޓިން ތާރީޚުގައި ދިވެހި އެތުލީޓަކު ރޭންކިންގެ މިހާ ހިސާބަށް ދިޔަ ފުރަތަމަ ފަހަރެވެ. 

އޭޝިއާ ބައްރުގައި ގިނަ އަދަދެއްގެ ޝޫޓަރުން ހިމެނޭއިރު، މި ކެޓެގަރީން ޒިޔާން 34 ވަނައިގައި އޮތީ ޖުމްލަ 293 ރޭޓިން އާއެކުއެވެ. މި ރޭޓިންގެ އެއްވަނައިގައި އޮތީ ވިއެޓްނާމުގެ ޕަމް ގުއަންގް ހީއެވެ. ދެވަނައިގައި ހިމެނެނީ ދެކުނު ކޮރެއާގެ ލީ ވޮންހޯއެވެ.

ޒިޔާންގެ އިތުރުން، ދިވެހި އަރަމުން އަންނަ ޝޫޓަރު އަލީ މާހީ ވަނީ 10 މީޓަރު އެއާ ޕިސްޓަލްގެ އޭޝިއާ ރޭންކިންގެ 53 ވަނަ ލިބިފައެވެ. އެއީ ޖުމްލަ 18 ރޭޓިން ޕޮއިންޓާއެކުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް