ads
ޑޭވިޑް ވާނާ
ޑޭވިޑް ވާނާ ބައިނަލްއަގްވާމީ އޯޑީއައި އިން ރިޓަޔަކޮށްފި
އޮސްޓްރޭލިއާގެ ކްރިކެޓް ކުޅުންތެރިޔާ ޑޭވިޑް ވާނާ އެއް ދުވަހުގެ ބައިނަލްއަގްވާމީ ކްރިކެޓުން ރިޓަޔަރ ކޮށްފިއެވެ.

އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ ވަނީ މީގެ ކުރިން ޕާކިސްތާނާއެކު ކުރިއަށްދާ ސީރީޒްގެ ކުރިން ޓެސްޓް ކްރިކެޓުން ރިޓަޔާ ކުރާނެކަން އިއުލާންކޮށްފައެވެ.

އޭނާ ވަނީ މިދިޔަ އަހަރު އިންޑިއާއާ ދެކޮޅަށް ކުޅުނު ކްރިކެޓް ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ ކާމިޔާބުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ވާނާ ބުނީ ވޯލްޑް ކަޕަކަށް ފަހު ކުޅުން ހުއްޓާލަން މިއީ އެންމެ ވަގުތު ރަނގަޅު ކަމަށް އޭނާއަށް ހީވި ކަމަށެވެ.

އޭނާ ބުނި ގޮތުގައި އޭނާ އރިޓަޔާ ކުރުމުން އާ ކުޅުންތެރިންނަށް ފުރުސަތުތަކެއް ލިބިގެންދާނެ އެވެ. އަދި ގައުމުން ބޭރުގައި ފްރެންޗައިޒް ކްރިކެޓް ކުޅުމުގެ މިނިވަންކަން ލިބިގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ. އޯޑީއާއި ކުޅުން ހުއްޓާލިކަން އިއުލާން ކުރިނަމަވެސް ގައުމީ ޓީޟުން ބޭނުންވެއްޖެ ނަމަ އަލުން އެނބުރި ކުޅުމަށް އަތުވެދާނެ ކަމުގެ އިޝާރާތެއް އޭނާ ދިނެވެ.

ވާނާ ކުޅޭ 112 ވަނަ އަދި އެންމެ ފަހުގެ ޓެސްޓް ކުޅޭނީ އޭނާގެ އުފަން ސިޓީ ސިޑްނީގައި ބުދަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް