ads
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުގެ ތެރެއިން
ރައީސް ޗެއާކުރައްވާ ޔޫތް ބޯޑުގެ މެންބަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތައާރަފު ކުރައްވާފައިވާ "ޕްރެޒިޑެންޝަން ޔޫތު އެޑްވައިޒަރސް" ބޯޑުގެ މެންބަރަކަށްވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ބޯޑު އެކުލަވާލާފައިވަނީ މިދިޔަ އަހަރު ފަހުކޮޅު ޔޫތް މިނިސްޓްރީން ކެބިނެޓަށް ހުށަހެޅި ކަރުދާހެއްގެ މައްޗަށް ބަލައިގެންނެވެ. 

ބޯޑުގެ މަގުސަދަކީ ޒުވާނުންނާ ގުޅޭކަންކަމުގައި ރައީސްއަށް ލަފާއެރުވުމެވެ. ބޯޑުގައި ހިމެނެނީ، 18 އަހަރާ 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ. 

ޔޫތް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވަނީ ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން 2 މެންބަރުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާއިން މަސައްކަތްކުރާ އެންޖީއޯ / ސިވިލް ސޮސައިޓީތަކުން 2 މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. ކޮންމެ ދާއިރާއަކުން އަންހެނަކާއި ފިރިހެނެއް ބޯޑު މެންބަރުކަމަށް އައްޔަން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޯޑު މެންބަރަކަށްވުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 8 ވަނަ ދުވަހާހަމައަށެވެ.

ބޯޑު އެކުލަވާލާފައިވަނީ، ގައުމީ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުން، ގައުމީ ލެވެލްގެ އެތުލީޓުން، ޒުވާނުންނަށް ހާއްސަ އެންޖީއޯތައް، ފަންނުވެރިކަން ތަމްސީލު ކުރާ މެންބަރުން އަދި ސާނަވީ ސުކޫލުތަކުން ހޮވާލެވޭ ދަރިވަރުންނެވެ. 

އާދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގައި މި ނިންމުން ނިންމީ ޒުވާންނާއި ބެހޭ މިނިސްޓްރީން ހުށައެޅި ކަރުދާހެއްގެ މައްޗަށެވެ.  

މި ބޯޑުން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލަށް ހުށަހަޅާއި މަޝްވަރާކޮށް ގޮތް ނިންމުމަށްވެސް ނިންމާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް