ads
އެތްލެޓިކްސްގެ އިވެންޓެއްގެ ތެރެއިން
އައްޑޫ އެތްލެޓިކްސްގައި 37 ސްކޫލް
ފެބްރުއަރީ މަހު އައްޑޫ ސިޓީގައި އޮންނަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި 37 ސްކޫލަކުން ބައިވެރިވާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތް، އައްޑޫގައި އޮންނާނީ އަންނަ މަހުގެ 11 އިން ފެށިގެން 16 އަށެވެ. މި މުބާރާތް އައްޑޫގައި އޮންނަ އިރު، މިދިޔަ އަހަރު 33 ސްކޫލަކުން ވާދަކުރި އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް ބޭއްވީ ފުވައްމުލަކުގައެވެ. 

އެ މުބާރާތުގައި 809 އެތުލީޓުން ވާދަކުރިއެވެ. އަދި ޖުމްލަ 108 އިވެންޓެއް އެ މުބާރާތުގައި ކުރިއަށްދިޔައެވެ. އެ މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކީ ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.

މި މުބާރާތާ ގުޅޭ ގޮތުން އައްޑޫ ސިޓީގައި ބޭއްވުމާ ގުޅޭގޮތުން އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް މީގެކުރިން ގިނަ މަޝްވަރާތަކެއް ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް