ads
ހިމަބިހިން ރައްކާތެރިވުމަށް އޮތް ގޮތަކީ އެމްއާރު ނުވަތަ އެމްއެމްއާރު ވެކްސިން ޖެހުން!
ހިމަބިހި މި ބައްޔަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެގޮތުން މި ބަލި ޖެހުމުން ހުން އައިސް ކުދި ބިހިތަކެއް ނަގަ އެވެ. ކެއްސާ ކިބިހި އަޅާއިރު ވައިގެ ތެރެއަށް ފެތުރިގެންދާ ކުޅުތިކިތަކުގައިވާ ޖަރާސީމުގެ ސަބަބުން މި ބަލި ފެތުރުމަށް މަގުފަހިވެ އެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ބަލި ޖެހިފައިވާ މީހަކު ހުރި ތަނެއްގައި އެމީހާ އެތަނުން ނިކުންނަތާ ދެ ގަޑިއިރުވަންދެން ވައިގެ ތެރޭގައި ޖަރާސީމު ހުރެ އެވެ.
ހިމަބިހި މި ބައްޔަކީ ވައިރަސްއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެގޮތުން މި ބަލި ޖެހުމުން ހުން އައިސް ކުދި ބިހިތަކެއް ނަގަ އެވެ. ކެއްސާ ކިބިހި އަޅާއިރު ވައިގެ ތެރެއަށް ފެތުރިގެންދާ ކުޅުތިކިތަކުގައިވާ ޖަރާސީމުގެ ސަބަބުން މި ބަލި ފެތުރުމަށް މަގުފަހިވެ އެވެ. ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި ބަލި ޖެހިފައިވާ މީހަކު ހުރި ތަނެއްގައި އެމީހާ އެތަނުން ނިކުންނަތާ ދެ ގަޑިއިރުވަންދެން ވައިގެ ތެރޭގައި ޖަރާސީމު ހުރެ އެވެ.

މި ބައްޔަކީ މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ނަމަވެސް މި ބަލީގެ ނުރައްކާ އަނެއްކާ ވެސް ދިވެހިންނަށް އެބައޮތެވެ. މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ މީހަކު މި ބައްޔަށް ޕޮޒިޓިވްވި ހަބަރާއެކު މުޖުތަމައުގެ ތެރޭގައި ހާސްކަމެއް މިވަނީ އުފެދިފަ އެވެ. މިހާރު ސަރުކާރުން ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން ރަސްމީކޮށް އިއުލާންކޮށްފައިވާއިރު މި ބައްޔަށް ބޭނުންވާ ވެކްސިން މަދުނުވާވަރަށް ރާއްޖޭގައި އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެ އެވެ.

ހިމަބިހި ރާއްޖޭގައި ފެތުރެމުންދާއިރު މި ބަލީގެ ނުރައްކާ އޮތީ ވެކްސިން ނުޖަހާ ފަރާތްތަކަށެވެ. މި ބައްޔަށް ޕޮޒިޓިވްވި އުމުރުން ތިން އަހަރުގެ ކުއްޖާއަކީ ވެސް ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ކުއްޖެއްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި މައުލޫމާތުން އެނގެ އެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މި ބައްޔަށް ރައްކާތެރިވާން އޮތް ހަމައެކަނި ގޮތަކީ އެމްއާރު ނުވަތަ އެމްއެމްއާރު ވެކްސިން ޖެހުމެވެ. އެގޮތުން އެ ވެކްސިންތައް ޖަހައި ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މި ބަލީގެ ނުރައްކަލެއް ނޯންނާނެ އެވެ. އޭގެ އިތުރުން ވެކްސިން ޖެހިކަން ޔަގީން ނުވާ މީހުންނަށް ވެސް އެކަމަށް ރައްކާތެރިވުމަށް ފިޔަވަޅު އެޅިދާނެ ކަމަށް އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެ އެވެ.

އެގޮތުން ޑރ. އަފްޒަލް ވިދާޅުވާ ގޮތުގައި ވެކްސިން ޖެހިކަން ޔަގީން ނުވާނަމަ ދެވަނަ ފަހަރަށް ވެސް އެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެވިދާނެ އެވެ. އެ ވެކްސިންނަކީ ވެކްސިން ތަކުރާރު ކުރި ނަމަވެސް ގެއްލުމެއް ނެތް ވެކްސިނެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވެ އެވެ.

"އެހެންވީމަ ޝައްކެއް އޮތިއްޔާ ވެސް ނޫނިއްޔާ އެކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތުމުގެ ސަބަބުން އެކަން ނޭނގެންޏާ އަނެއްކާ ވެސް ހަމަ ދެ ޑޯޒް ފުރިހަމަ ކޮށްލައްވާ،" ހިމަބިއްސަށް ވެކްސިން ޖެހިކަން ޔަގީން ނުވާނަމަ ވެސް ވެކްސިން ޖެހުމަށް ނަސޭހަތްތެރިވަމުން ޑރ. އަފްޒަލް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވަނީ އަންގާރަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް 1200 އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިބަލި އާދަޔާހިލާފަށް ފެތުރިގެން ހިނގައިދާނެ ހާލަތެއްގައި މިބައްޔައް ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ނިމި ކަމާބެހޭ ފަރާތްތަކާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ވެކްސިން ދޭން ދެކޮޅު ހެދިޔަސް ވެކްސިން ދޭނެ:

ދޭތެރެ ދޭތެރެއިން ބެލެނިވެރިން ދަރިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދާ މައްސަލަތައް ވެސް ފެންމަތިވާއިރު މި ބައްޔާއެކު ހެލްތު މިނިސްޓަރު ވަނީ ވެކްސިން ދޭން ދެކޮޅު ހެދިޔަސް މިފަހަރު ވެކްސިން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މި ބައްޔަށް އާންމުން ހޭލުންތެރިކުރުމަށް ސިއްހީ މާހިރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ތަފާތު މަސައްކަތްތައް ކުރަމުން އަންނައިރު ސްކޫލުތަކަށް ކުދިން ވެއްދުމުގައި ވެސް "އަޑިއަޑިން" ވެކްސިން ނުޖަހާ ކުދިން ސްކޫލަށް ވައްދަމުންދާ ކަމަށް ކުޑަ ކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވެސް ވަނީ ތުހުމަތުތަކެއް ކުރައްވާފަ އެވެ. ނަމަވެސް އެފަދަ ކަމެއް ފާހަގަ ކުރެވިފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީއަށް އެކަން ފާހަގަ ނުކުރެވުން ނަމަވެސް ހެލްތު މިނިސްޓަރު ވަނީ އަމިއްލަ ސްކޫލުތަކަށް ވައްދާ ކުދިން ވެކްސިން ނުޖަހާ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފަ އެވެ.

ވެކްސިން ދިނުމަށް ދެކޮޅު ހަދާ މީހުންނާ ދެކޮޅަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވެސް ވިދާޅުވެފައިވާއިރު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ (ނ) ގައި ބުނެފައިވަނީ ކޮންމެ ކުއްޖަކަށް މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ވިހެއުމަށްފަހު ބޭނުންވާ ސިއްހީ ފަރުވާއާއި، ހިދުމަތްތައް ލިބިދިނުމުގައި އަދި އެފަދަ ހިދުމަތްތަކަށް ވާސިލްވެވޭނެ މަގު ފަހިކޮށްދިނުމަކީ އެ ކުއްޖާގެ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އަދި އެ ގާނޫނުގެ (ރ)ގައި ބުނެފައިވަނީ އެ މާއްދާގެ (ނ)ގައި ބަޔާންކުރާ ސިއްހީ ފަރުވާއާއި ހިދުމަތްތައް ލިބިދިނުމުގައި ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިގެންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ވެކްސިން ޖެހުމަށް އިއުތިރާޒުކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެން ނުވާ ކަމަށް އެމާއްދާގައި ވަނީ ބުނެފަ އެވެ.

ވެކްސިން ނުޖަހައި ފަރާތްތަކުގެ ސަބަބުން މުޖުތަމައަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވެފައިވާއިރު ވެކްސިން ޖެހައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސިއްހީ މާހިރުން ދަނީ އިލްތިމާސްކުރަމުންނެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް