ads
މިނިސްޓަރު އަދި އެމްއޯސީގެ ރައީސް
ސްޓޭޑިއަމްތަކުގައި މެޑިކަލް ފެސިލިޓީޒް ގާއިމްކުރަނީ
ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ މެޑިކަލް ފެސިލިޓީޒް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގައުމީ އަދި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން އޮލިމްޕިކް ކޮމިޓީ އާއެކު ސޮއިކުރީ ބުރާސްފަތި ދުވަހުއެވެ. 

މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ. އެމްއޯސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް މުޙައްމަދު އަބްދުލް ސައްތާރު އެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން އެމްއޯސީ އާއެކު އެމްއޯޔޫގައި ސޮއިކުރިއިރު، މި މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް