ads
ރައީސް ޑރ. މުއިއްޒު
ވިލިމާލޭގައި 10 ބުރިޔަށް އިމާރާތް ކުރެވޭގޮތަށް ހުށަހަޅައިފި
ވިލިމާލޭގައި 10 ބުރިޔަށް އިމާރާތް ކުރެވޭގޮތަށް ވިލިނގިލީގެ އިމާރާތް ކުރުމުގެ ޣަނޫނު އިސްލާހުކުރުމަށް މަޖިލީހަށް ހުށަހެޅިފައިވަކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ވިނގިލީގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ މޭޔަރުކަމުގެ ބައި އިލްކެސަންގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވިލިމާލޭގައި އިމާރާތްކުރުމުގެ ހުއްދަ މިހާރު އޮންނަނީ ހަ ބުރިއަށްކަމަށާއި. އެކަމަކު، އެ އަވަށުގައި 10 ބުރިއަށް އިމާރާތްތައް ހެދޭނީ ޕްލޭނިން މިނިސްޓްރީގެ ގަވައިދު ރައްޔިތުންގެ މަޖިލިހުން އިސްލާހު ކުރުމުންކަމަށެވެ. އެހެން ކަމުން މިހާރު އެ ގަވައިދު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅިފައިވާކަމުަގއި ރައީސް ފާހަގަކުރެއްވި އެވެ.

"ވިލިމާލޭގައި ގެދޮރު އެޅުމުގެ މަސައްކަތަކީ ވެސް އެމަނިކުފާނު މޭޔަރުކަމުގައި ކުރައްވަން ބޭނުންފުޅުވި ކަމެއް ކަމަށާއި އެމަސައްކަތް ކުރުމަށް މިހާރު ކައުންސިލަށް ހުއްދަ ދެއްވާފައިވޭ" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ވިލިމާލޭގައި ޢިމާރާތް އެންމެ އުސްކޮށް އިމާރާތްކުރެވޭ މިންވަރު ބަދަލުކުރުމަށް އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ބޭނުންފުޅުވެ އެހެންނަމަވެސް އެކަން ނުކުރެވި ހުރީ އޭރު ސަރުކާރާއި މަޖިލީހުން އެއްބާރުލުން ނުލިބުމުން ކަމުގައެވެ. 

ވިލިމާލޭގައި 10 ބުރިއަށް ޢިމާރާތް ކުރެވޭ ގޮތް ހަދައިދިނުމަށް ރައްޔިތުން އެދޭ ކަމަށާއި، އެގޮތަށް ބަދަލު ގެނައުމަށް ކުރީ ސަރުކާރުގައި އެދިވަޑައިގެންނެވި ނަމަވެސް އެކަން ކުރީ ސަރުކާރުން ނުކުރީކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް