ads
ރާއްޖެ އެތެރެކުރަން އުޅުން 1 ކިލޯ މަސްތުވާތަކެތި ކަސްޓަމުން ހިފަހައްޓައިފި
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުން 1 ކިލޯ މަސްތުވާތަކެތި ކަސްޓަމުން ހިފަހައްޓައިފި އެވެ.

މިތަކެތި އަތުލައިގަނެފައިވަނީ 2 ޖެނުވަރީ 2024 ވަނަ ދުވަހު ކަމަށާއި އެތަކެތި ހިފަހައްޓާފައިވަނީ ޕޯސްޓްމެދުވެރިކޮށް ރާއްޖެއަށް ގެނެސްފައި ހުރި ޕެކޭޖުތައް ބަލާ ފާސް ކުރުމުގެ ތެރެއިން ކަމަށް އެ ކަސްޓަމުން ނެރުން ނޫސް ބަޔާނެއްގައި އެވެ.

 އެ ތަކެތި ބަލާ ފާސް ކުރީ އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ހުރިކަމަށް ސައްކުކުރެވޭތީކަމަށް އެ އިދާރާއިން ބުނެއެވެ. 

އެ ޕްކޭޖުތައް ބަލާ ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ސައްކުކުރެވޭ އެއްޗެއް ފެނިފައިވާކަމަށާއި އެ ތަކެތި ފެނުމާއި އެކު ތަހުލީލަށް ފޮނުވާލެވިފައިވާކަމަށް އެ އިދާރާއިން ބުނެ އެވެ. 

އެ ތަހުލީލުން އެތަކެތިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ސިންތެޓިކް ކެތިނޯން އަށް ވަނީ ޕޮސިޓިވްވެފައިކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 1.132 ކިލޯ ގެ ބަރުދަން ހުރި ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ. 

މިކަމާއި ގުޅިގެން 20 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންނާއި ހަވާލުކުރެވިފައިވާ އިރު އޭނާ ހައްޔަރު ކުރެވުނީ ޕެކޭޖް ބަލާއައުމުން ކަމަށާއި މިކަމާއި ގުޅިގެން ކުރަން ޖެހޭ ތަހުގީގުތައް ކުރަމުންއަންނަ ކަމަށް އެ އިދާރާއިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް