ads
މޯދީއަށް ރައްދު ކުރި ބަސްތަކާއި ގުޅިގެން ނަޝީދުގެ ނުރުހުން ސަރުކާރަށް
ސަރުކާރުގެ ބައެއް އިސް ބޭފުޅުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައްދު ކޮށްފައިވާ ބަސްތަކާމެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅު ކުރައްވައިފި އެވެ.

ސިޔާސީ މައިދާނުން މިވަގުތު ދުރައް ޖެހިވަޑައިގެން ހުންނެވި ރައީީސް ނަޝީދު މިފަދައިން ނުރުހުން ފާޅުކުރެއްވީ، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިންޑިއާގެ ސަރުކާރަށް ތާއިދުކުރާ ބައެއް އެކްޓިވިސްޓުން ހިންގާ ކެމްޕެއިނަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ބައެއް އިސް ބޭފުޅުން އެކަމަށް ރައްދު ދެމުން ދާތީއެވެ.

ރައީީސް ނަޝީދު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ނުރުހުމުގެ ބަސްތައް ރައްދު ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ، އެ މައްސަލާގައި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ މީސް މީޑިއާގައި ވާހަކަ ދައްކަވާފައިވާ ބަސްމަގާމެދު ފާޑު ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އަވައްޓެރި އިންޑިއާއަކީ ރާއްޖޭގެ ސަލާމަތަށާއި ކުރިއެރުމަށް މުހިއްމު ގައުމެއް ކަމަށެވެ.

މީގެއިތުރުން، ސަރުކާރުގެ ބައެއް އޮފިޝަލުން ދައްކަވަމުންދާ އެފަދަ ވާހަކަތަކަކީ، އެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތު ނޫންކަން އިންޑިއާއަށް ސާފުކޮށްދެނަ ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އެކުވެރި ގައުމުތަކުގެ އިސް ބޭފުޅުންނަށް އިހުތިރާމް ކުޑަވާ ގޮތަށް ވާހަކަދައްކަވާ ސަރުކާރުގެ އޮފިޝަލުންނާ މެދު ފިޔަވަޅު އެޅުމަށް އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ ގޮވާލައްވާފަ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް