ads
ތިނަދޫ ސިޓީއިން ރަށްވެހިކަން ބަދަލު ކުރާނަމަ އިދާރީ ފީއެއް ނަގަނީ
ތިނަދޫ ސިޓީއިން ރަށްވެހިކަން ބަދަލު ކުރާނަމަ އެ ސިޓީގެ ކައުންސިލުން އިދާރީ ފީ ނަގާނެކަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ. ތިނަދޫ ސިޓީ އިން މިކަން ހާމަ ކޮށްފައި ވަނީ އެ ކައުންސިލުން ގެޒެޓު ކުރި އިއުލާނެއްގަ އެވެ.

މި އިއުލާނުގައިވާ ގޮތުން އެ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ އެ ސިޓީއިން އެހެނިހެން ރަށް ރަށަށް ރަށްވެހިކަން ބަދަލުކުރުމުން އެ ސިޓީގެ އާބާދީއަށް ނުރަނގަޅު އަސަރު ކުރާ ކަމެއް ކަމަށް ފާހަގަ ވާތީ ކަމަށާއި އަދި ތިނަދޫ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުންކަމުގައެވެ.

މި ނިންމުން އެ ކައުންސިލުން ނިންމާފައިވަނީ 03 ޖަނަވަރީ 2024 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 126 ވަނަ ރަސްމީ ބައްދަލުވުމުގަ އެވެ.

މި އިދާރީ ފީ ނަގަން ފެށުމަށް ނިންމާފައި ވަނީ މިމަހުގެ 7 ކުން ފަށައިގެންނެވެ. އިދާރީ ފީގެ ގޮތުގައި ނެގުމަށް އެ ކައުންސިލުން ނިންމާފައިވަނީ 5000 ރުފިޔާއެވެ.

ތިނަދޫ އަށް ސިޓީ އެއްގެ ދަރަޖަ ދީފައިވަނީ ނިމިދިޔަ ސަރުކާރުުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް