ads
ސަރުކާރުގެ އޮފިޝަލުން ގައުމުގެ މަސްލަހަތު ނަގާލުމަކީ އިހުމާލެއް: ‏ޝިފާޒް
ސަރުކާރުގެ އޮފިޝަލުން ރާއްޖޭގެ މަސްލަހަތު ނަގާލަން އުޅުމަކީ ގައުމަށްވެވޭ އިހުމާލެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ބާރަށު ދާއިރާގެ ކުރީގެ މެންބަރު ޝިފާޒް މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިންޑިއާގެ ސަރުކާރަށް ތާއިދުކުރާ ބައެއް އެކްޓިވިސްޓުން ހިންގާ ކެމްޕެއިނަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ސޯޝަލް މީޑިއާގައި އެކަމަށް ރައްދު ދިނުމާއި ގުޅިގެންނެވެ.

ޝިފާޒް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަވައްޓެރި އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ އެންމެގާތް މިތުރުކަމަށާއި، ދެގައުމުގެ ރަހުމަތްތެރިކަމަށް ބުރޫ އަރާނެފަދަ ކަމެއް އެއްވެސް ދިވެއްސަކު ކުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައްދު ކޮށްފައިވާ ބަސްތަކާމެދު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފާރިސް މައުމޫނުގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަންގައި ހިއްސާވާ އެމްއެންޕީން ވެސް ވަނީ ނުރުހުން ފާޅުކޮށް، އެކަން ކުށްވެރި ކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ތިން ޑެޕިއުޓީ މިނިސްޓަރުން ސަރުކާރުން މިއަދު ވަނީ ސަސްޕެންޑް ކޮށްފައެވެ. 

  • މަލްޝާ ޝަރީފް

  • މަރިޔަމް ޝިއުނާ (ނަންނަ)

  • އަބްދުﷲ މަހްޒޫމް މާޖިދު

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް