ads
ކުރީގެ ރައީސް ސޯލިހު އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު
އިންޑިިއާގެ ރަހުމަތްތެރިކަމަށް ބުރޫ އެރިޔަ ދީގެން ނުވާނެ: ރައީސް ސޯލިހު
ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމަށް ބުރޫ އަރާނެ ފަދަ ކަމަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ކުރީގެ ރައީީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ސޯލިހް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުން އިންޑިއާއަށް ނަފްރަތުކޮށް ދައްކާފައިވާ ވާހަކަތައް ކުށްވެރިކުރައްވާފަ އެވެ.

އިންޑިއާ އޮތީ ރާއްޖެއަށް އަބަދުވެސް ރަނގަޅު ރަހުމަތްތެރިޔެއްގެ ގޮތުގައި ކަމަށާއި، އެހެންކަމުން އެފަދަ އަމަލެއްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުމަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީީސް ސޯލިހް މިހެން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި އިންޑިއާގެ ސަރުކާރަށް ތާއިދުކުރާ ބައެއް އެކްޓިވިސްޓުން ހިންގާ ކެމްޕެއިނަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ބައެއް އިސް ބޭފުޅުން މީީސް މީޑިއާގައި އެކަމަށް ރައްދު ދެމުން ދާތީއެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުން އިންޑިއާއަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަ ކޮށްފައިވާތީ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހިއްސާވާ އެމްއެންޕީއާއި ރައީސް ނަޝީދުގެ އިތުރުން، އެހެނިހެން ސިޔާސީ ފަރާތްތަކުން ވެސް ވަނީ އެކަން ކުށްވެރި ކުރައްވާފަ އެވެ.

މި މައްސަލައާއި ގުޅިގެން ތިން ޑެޕިއުޓީ މިނިސްޓަރުން ސަރުކާރުން މިއަދު ވަނީ ސަސްޕެންޑް ކޮށްފައެވެ.

  • މަލްޝާ ޝަރީފް

  • މަރިޔަމް ޝިއުނާ (ނަންނަ)

  • އަބްދުﷲ މަހްޒޫމް މާޖިދު

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް