ads
ކޭލަކުނުގައި އިކޯޓޫރިޒަމް ތަރައްގީކޮށް، ފްލޯޓިން ރޫމްސް އަޅަން ދިރާސާ ކުރަނީ
ހދ. ކޭލަކުނުގައި އިކޯ ޓޫރިޒަމް ތަރައްގީކޮށް، އެރަށުގެ ފަޅުތެރޭގައި ފްލޯޓިން ރޫމްސް އެޅުމަށް ދިރާސާ ކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ، ކޭލަކުނަކީ އިކޯ ޓޫރިޒަމް އަށް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައި، އެރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ކޭލަކުނު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފްލޯޓިން ރޫމްސް ތަކެއް އެޅޭނެ ގޮތެއް އޮތްތޯ ބަލެމަށް ދިރާސައެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މި ރަށުގެ ފަރުތަކާއި މުރަކަތަކަށް އެއްވެސް ގެއްލުމެއް ނުވާނޭ ގޮތަށް، މި ރަށަށް ޒިޔާރަތްކުރާ ފަރާތްތަަކަށް ހާއްސަކޮށްގެން ފްލޯޓިން ރޫމްސްތަކެއް އެޅޭނެ ގޮތެއް އޮއްތޯ ބަލައި، އެކަން ކުރެވޭނެ ގޮތެއް އޮއްތޯ ބަލައި ދިރާސާކުރަން ވެސް ވިޒިޓާ އިކޮނޮމިކް ކައުންސިލްގެ މަޝްވަރާގަ ވަނީ ނިންމާފަ." ނާޒިމް ވިދާޅުވި އެވެ.

ކޭލަކުނުގެ ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާނެ ގޮތަށް އެރަށް ތަރައްގީ ކުރެވޭނެ ގޮތެއް ދެނެގަތުމަށްޓަކައި، އެންވާރަމެންޓް މިނިސްޓްރީއާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކާއި ގުޅިގެން ތަފްސީލީ ދިރާސާއެއް ހެދުމަށް ނިންމާފައި ވާކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެއިތުރުން އެރަށަށް ޒިޔާރަރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ޒަމާނީ ފެންވަރުގެ ވިޒިޓާ ސެންޓަރެއް ގާއިމް ކުރުމާއި، ރަށުގެ ތާރީހާއި ވަށައިގެންވާ ދިރުންތަކުގެ މައުލޫމާތު ފުރިހަމައަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ނިންމާފައިވާކަމަށް ނާޒިމް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް